އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ބައްދަލުވުމެއް މި ވަގުތު ކުރިއަށް އެބަ ދެއެވެ.
އެ ބައްދަލުވުން ކުރިއަށްދަނީ ސޯލްޓް ކެފޭގައެވެ.
އެ ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ތިއްބަވަނީ 167 މެންބަރުން ކަަމަށްވާއިރު އެނގިފައިވާ ގޮތުން 100 އަށްވުރެ ގިނަ މެންބަރުން ތިއްބެވީ އެ ބައްދަލުވުމުގައެވެ.
ރިޔާސީ ޕްރައިމަރީ އޮންނާނީ ޖަނަވަރީ 28 ގައެވެ. ރައީސް ޞާލިޙްގެ އިތުރުން ރައީސް މުޙައްމަދު ނަޝީދު ވެސް އެ އިންތިޚާބުގައި ވާދަކުރައްވާނެއެވެ.