ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ގަމު މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީފައިވާ އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަން ނިންމީ މި މަހުގެ 07 ވީ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ 88 ވަނަ ޖަލްސާގައި ކަމަށާއި މި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ.