ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދުކުރަން ނިންމެވީ ވަރަށް ވިސްނަވާފައިކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފް މިރޭ ވިދާޅުވީ ރައީސް ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދުކުރަން ނިންމެވީ ވަރަށް ވިސްނަވާފައިކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގައި އެ މަނިކުފާނު ގައުމު ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވީ ބިޔަ ބޮޑު ގޮންޖެހުންތަކާއެކު ކަމަށެވެ. އަދި ކެރިގެން ކުރިމަތިލައްވައި ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއެކު ސަރުކާރު މެނޭޖު ކުރެއްވި ކަމަށެވެ.
ރައީސް ޞާލިޙް ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ. ދެން ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ.