މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިރޭ ފެށި މި ތަމްރީނުތައް ކުރިއަށް ގެންދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 19:00 އިން 21:30 އަށް ކ. ގިރިފުށީގައެވެ.
މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެއެވެ.
ބޭނުންކުރާނެ ހަތިޔާރަކީ AK103/AKM52T ސީރީޒް ރައިފަލްއެވެ.
ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 3000 މީޓަރަކީ ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލްއެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނެވެ.