ދެ ރަށެއްގެ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށް ހެލްތު މިނިސްޓްރީން މިއަދު އެ ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ.ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރީ ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މީލާދީ ގޮތުން 155 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 497,422.28 އެވެ.
ނ.ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ހަވާލުކުރީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
3,641,766.02 އަށް ހަވާލުކުރި އެ މަސައްކަތް ނިންމަންޖެހޭނީ މީލާދީ ގޮތުން 180 ދުވަސްތެރޭގައެވެ.