އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ ދަތުރުފުޅު ފެށްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.
އައްޑޫ ދަތުރުފުޅު:
އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވި.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވައިލެއްވި.
ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވި.
އެ މަރުކަޒުގައި އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތައް ފަށްޓަވައިދެއްވި.
ބައެއް ސްކޫލުތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވި.
ސަރުކާރުން އައްޑޫގައި ހިންގަމުންދާ މަޝްރޫޢުތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވި
ފުވައްމުލައް ދަތުރުފުޅު:
ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު އިމާރާތް ހުޅުއްވައި ދެއްވި.
އެ ހޮސްޕިޓަލްގައި އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތައް ފަށްޓަވައިދެއްވި.
އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި.
އެ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި.
ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތްކުރެވުނު ދެ ކުލާސްރޫމް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި.
ފުވައްމުލައް ސިޓީގައި ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވައިލެއްވި.
ނައިބު ރައީސްގެ ދަތުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.