މާލޭ ވެސްޓް ޕާކާއި ދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާލެ ވެސްޓް ޕާރކާއި ދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިގެން އެ ދޯންޏައް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވާންފަށާފައިވާ ކަމަށެވެ.
ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
ސިފައިން ގެންދަނީ ފުރޮޅާލާފައިވާ ދޯނި ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުުންނެވެ. އެގޮތުން ސިފައިންގެ ޑައިވަރުންތަކެއް ދަނީ ދޯނި ކައިރީގައި މިހާރުވެސް ހަރަކާތްތެރިވަމުންނެވެ.
ދޯނި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށްވެސް ސިފައިންގެ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.