ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމްޕީއެލްގެ މި އަހަރުގެ ޕޯޓް ސޭފްޓީ ވީކް ފަށައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 19, 2022
ޚަބަރު
0
އެމްޕީއެލްގެ މި އަހަރުގެ ޕޯޓް ސޭފްޓީ ވީކް ފަށައިފި

    މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް އެމްޕީއެލް އިން ބާއްވާ ސިލްސިލާ ”ސޭފްޓީ ވީކް 2022“ މިއަދު ފަށައިފިއެވެ.

    މިއީ އެ ޕްރޮގްރާމް އެމްޕީއެލުން ބާއްވާ ތިން ވަނަ ފަހަރެވެ. މިިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ސޭފްޓީ ވީކް އެމްޕީއެލް އިން ބާއްވާފައިވެއެވެ.

    އެމްޕީއެލްއިން ވިދާޅުވީ، ހަފްތާއެއްގެ މުއްދަތަަށް ކުރިއަށް ގެންދާ ”ސޭފްޓީ ވީކް“ގައި މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ހިމަނާފައިވާ ކަމަށެވެ.

    ”ސޭފްޓީ ވީކް“ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްޕީއެލްގެ ސީއީއޯ ސާހިދު އަލީ ވަނީ ބަނދަރުތަކުގެ ތެރެއިން ކޮންޓެއިނަރ ގެންގުޅޭ ބަނދަރު ތަކަކީ ސިނާއައްތަކުގެ ތެރެއިން އެންމެ ގިނައިން ހިތާމަވެރި ހާދިސާ ހިނގާ ތަންތަނުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

    ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ އެކްސިޑެންޓް އަދި އޭގެ ސަބަބުން ޖިސްމާނީ އަދި މުދަލަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު އެއް ސިނާއަތަކީ ބަނދަރުތަކުގެ ސިނާއަތްކަމަށާއި، އެހެންކަމުން ބަނދަރުގެ މަސައްކަތް ކުރާ މުވައްޒަފުން އެހެން މަސައްކަތަށްވުރެއް އިތުރަށް ސަމާލުވުމަށް ސާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ.

    ”މި ފަދަ ހާދިސާތަށް މަދު ކުރެވޭނީ އެފަދަ ކަންކަން ރިފޯޓްކޮށް އިންވެސްޓިގޭޓް ކުރެވި ސަބަބުތަށް ދެނެގަނެވި އެ ސަބަބުތަށް ނައްތާލެވޭނެ ގޮތް މިއައްވުރެއް ބޮޑަށް ހަރުދަނާ ކުރަން އެބަޖެހޭ“ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

    ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ސްޓޭންޑާޑް ތަންފީޒުކުރުމުގެ ގޮތުން ވަނީ ”ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަމެންޓް ޕޮލިސީ ސްޓޭޓްމެންޓް“ ވެސް އިފްތިތާހުކޮށްފައެވެ. އެއީ ސިނާއަތުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކޮށް، އެންމެ މަތީ ރައްކާތެރިކަމުގެ މިންގަޑުތަކަށް ތަބާވެ، ކުންފުނީގެ ހުރިހާ އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.

    މީގެ އިތުރުން، ޕޯޓުގައި މަސައްކަތްކުރާ މަޖޫރީންގެ އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން އެމްޕީއެލް އިން ވަނީ މަޖޫރީންނަށް ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓަށް ގިނަ ދުވަހު ހިދުމަތްކޮށްދިން މުވައްޒަފުންނާއި، މާލެ ވިޔަފާރި ބަނދަރުގައި ހިނގާދިޔަ އެކި ހާދިސާތަކުގައި މީހުންގެ ފުރާނަޔާ މުދާ ސަލާމަތްކޮށްދިން މުވައްޒަފުންގެ އިތުރުން އެ ކުންފުންޏާ އެކު މަސައްކަތްކުރާ އެހެން މުއައްސަސާތަކަށް ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައެވެ.

    މި ރަސްމިއްޔާތުގައި ވަނީ މީގެ ކުރިން މާލެ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ.

    ޕޯޓް ސޭފްޓީ ވީކްގެ ތެރެއިން ސޭފްޓީ ފޯރަމް އެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ސޭފްޓީ ފޯރަމްގެ ތެރެއިން ރައްކާތެރިކަމާ ހޭލުންތެރިކަމަށް އިތުރަށް މުވައްޒަފުން ތަމްރީނު ކުރުމާއި، އިންސިޑެންސް/ އިންވެސްޓިގޭޝަން ހަރުދަނާ ކުރުމާއި މަސައްކަތުގެ މާހައުލުގެ ތެރެއިން އެންމެ މުހިންމު ކަންކަމުގެ ތެރެއިން އެޓެންޓް ކުރަން ޖެހޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ހަމަޖެހިފައިވެއެވެ.

    މީގެއިތުރުން މަސައްކަތް ކުރާ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް ހިންގުމާއި ސޭފްޓީ ޑްރިލް އިންސިޑެންޓެއް ނުވަތަ އެކްސިޑެންޓެއް ހިނގައިފިނަމަ އެކަމަށް އަބަދުވެސް ތައްޔާރަށް ތިބުމަށް ތަމްރީން ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

    Tags: އެމްޕީއެލް

    ގުޅުންހުރި ލިޔުންތައް

    އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

    އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

    މާރޗް 24, 2023
    އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

    ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

    މާރޗް 23, 2023
    ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

    ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

    މާރޗް 23, 2023
    ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

    ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

    މާރޗް 24, 2023

    Leave a Reply Cancel reply

    ކިޔުންތެރިންގެ ހިޔާލު

    ADVERTISEMENT

    މަގުބޫލް ލިޔުންތައް

    • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

      ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

      0 shares
      Share 0 Tweet 0
    • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

      0 shares
      Share 0 Tweet 0
    • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

      0 shares
      Share 0 Tweet 0
    • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

      0 shares
      Share 0 Tweet 0

    DhiDaily©2020

    No Result
    View All Result
    • ފުރަތަމަ ސަފުހާ
    • ޚަބަރު
    • ރިޕޯޓް
    • ދުނިޔެ
    • ދީން
    • ވިޔަފާރި
    • ކުޅިވަރު
    • ވާހަކަ
    • މުނިފޫހިފިލުވުން
    • ތަފާތް
    • ގެލެރީ
    • ENG

    DhiDaily©2020

    Login to your account below

    Forgotten Password?

    Fill the forms bellow to register

    All fields are required. Log In

    Retrieve your password

    Please enter your username or email address to reset your password.

    Log In