ތައިލެންޑް ސަރަހައްދުން ގަލްފް ކަނޑަށްއަސްކަރީ ބޯޓެއް ފެތި، ގެއްލުނު 33 ސިފައިން ހޯދުމުގެ މަސައްކަތަށް މިއަދު ހަނގުރާމަ މަތީ ބޯޓު ފަހަރާއި ހޮލިކޮޕްޓަރުތައް ފޮނުވާފައިވާ ކަމަށް އެގައުމުގެ ކަނޑުގެ ސިފައިން ބުނެފިއެވެ.
ތައިލޭންޑް ކަނޑުގެ ސިފައިން ބުނީ ހުކުރު ދުވަހުގެރޭ އަސްކަރިއްޔާގެ އުޅަނދު (އެޗް.ޓީ.އެމް.އެސް ސުކޮތައި ވޯޝިޕް) ބަނޑުން ޖަހާލާ އަޑިއަށް ދިޔައިރު އޭގެން ދަތުރުކުރަމުންދިޔަ 33 ކަނޑުގެ ސިފައިން ގެއްލިފައިވާ ކަމަށެވެ.
ގެއްލިފައިވާ ސިފައިން ހޯދުމުގެ މަސައްކަތަށް 3 އަސްކަރީ އުޅަނދާއި 2 ހެލިކޮޕްޓަރ ވަނީ ފޮނުވާފައެވެ. އެޗް.ޓީ.އެމް.އެސް ސުކޮތައި ވޯޝިޕް ބަނޑުން ޖަހާލާ އަޑިއަށް ދިޔައީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ބެންކޮކްކޮގެ ދެކުނުން އޮންނަ ޕްރަޗުޕް ކިރީ ކާން ޕްރޮވިންސުންގެ ގޮނޑުދޮށާއި ގާތްގަނޑަކަށް ގާތްގަނޑަކަށް 20 ނޯޓިކަލް މޭލު ދުރުން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
އަދި މި ހާދިސާ ހިނގީ ދަންވަރުގެ ވަގުތު ކަމަށްވުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. 1987 ވަނަ އަހަރު ފެށިގެން ބޭނުން ކުރަމުން އަންނަ އެޗް.ޓީ.އެމް.އެސް ސުކޮތައި ވޯޝިޕަކީ އެމެރިކާގައި އުފައްދާފައިވާ އުޅަނދެކެވެ. އެ އުޅަނދު އަޑިއަށް ދިޔައީދިޔަވަރު ބޮޑުވަގުތެއްގައި ބޯޓަށް ރާޅު އަރަން ފެށުމުން ފެންބޮޑުވުމުގެ ކުރިން ބޯޓު އެއްފަރާތަށް އަނބުރާލަން މަޖުބޫރުވުމަށް ކަމަށް ކަނޑުގެ ސިފައިން ތަރުޖަމާނު އެޑްމިރަލް ޕްގްކްރޮންގް މަންތަރޑްޕަލިން ވިދާޅުވިއެވެ.
އަޅި ކުލައިގެ އެ އުޅަނދުގެ އެއްފަރާތަށް އަރިއަޅާލާފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް އަސްކަރިއްޔާއިން އާންމުކޮށްފައިވާއިރު އެހެން ފޮޓޯ އެއްގައި ފެންނަނީ ބޯޓު އަރިއަޅާލި ވަގުތު ހަތިރާރުތަށް ފައިބައިގެން ކަނޑަށްދާ މަންޒަރެވެ.