ފޭސްބުކްގައި ހިންގާ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އަންގާފައި ނުވާނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މުނައްވަރު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކައުންސިލުން ކުރަންޖެހޭ ކަމެއް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ނުކުރޭވޭނެ ކަމަށް ބުނެ ކަށުނަމާދު އިއުލާނު ކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ފޭޖް ހިންގާލަން ހުއްޓާލަން ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ.