ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދުމުން ޓީމުގެ ކުޅުންތެރިންނަށް އެ ގައުމުގެ ރައީސް އަލްބާޓޯ ފެނާންޑްސް ޝުކުރު އަދާކުރައްވައިފިއެވެ.
މީސް މީޑިއާގައި ރައީސް އަލްބާޓޯ ޓީމުގެ ކުޅުންތެރިންނަށާއި ފަންނީ ޓީމަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ ބަލިގަބޫލުކުރަން ނުޖެހޭ ކަމަށެވެ.
އާޖެންޓީނާގެ ކުޅުންތެރިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ހޯދުމާ ގުޅިގެން އަލްބާޓޯ ވިދާޅުވީ އެ ގައުމުގައި މަތިވެރި މޮޅު މީހުން އެބަ ތިބި ކަމަށާއި މަތިވެރި މުސްތަގުބަލެއް ވެސް އެބައޮތް ކަމަށެވެ.

ޤަޠަރުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ވޯލްޑް ކަޕް 2022ގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ދެ ޓީމު 3-3 އިން އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީން އާޖެންޓީނާ މޮޅުވީ 2 ލަނޑު 4 ލަނޑުންނެވެ.