ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާ އަތުގައި އޮތް ބާޒާރު ކޮތަޅެއްގެތެރެއިން ތިން ބުލެޓް (އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ) އާއި އެއް ރަބަރު ކޮތަޅާއި އެއް ޖޫސްޕެޓީ ޕެކެޓާއި އެއް ސެލޯފިންގަނޑާއި ފަސް ކާޑު ބޭސް ފެނިފައިވެއެވެ.
އެ ހުރިހައި އެއްޗެއްސަކީ ވެސް މަސްތުވާތަކެތި ތުހުމަތު ކުރެވޭ ކަމަށާއި އެ ތަކެތި ތަހްލީލުކުރިއިރު ބަރުދަނުގައި 86.8 ގުރާމް ހުރިކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުންޏެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 20 ދުވަސް ޖަހައިފައެވެ.