އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު އެ ތަނަށް ވަޑައިގެންފިއެވެ.
ޕީޕީއެމްއިން ބުނީ ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގުމާއި ޑޮލަރު ލިބުމުގެ ދަތިކަމާއި ބީއެމްއެލްގައި ހުންނަ ރައްޔިތުންގެ އަމިއްލަ ފައިސާ ބޭނުން ނުކުރެވުމާއި ފައިސާ ނަގަން ލިމިޓޭޝަންސްތައް ހުރުމުންނާއި ސްކޭމްތައް އިތުރުވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.
އެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބީއެމްއެލްގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު އެ ތަނަށް ވަޑައިގެންފައިވާ ކަމަށެވެ.
”ޕީޕީއެމް ޕީއެންސީން މިއަދުވަނީ ބީއެމްއެލްގެ އިސްވެރިންނާ ބައްދަލުކުރުމަށް ވަޑައިގެންފައި. މީގެ އިތުރުން ބީއެމްއެލްއާއި ބައްދަލުކުރަނީ އެމްއެމްއޭގެ ގަވަރަނަރާއި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާވެސް ގުޅިގެން.“
ނަމަވެސް މިއަދު ބީއެމްއެލްގެ ބޭފުޅުންނާއި ބައްދަލުވާ ގޮތް ނުވުމުން މިކަންކަމާއި ގުޅިގެން މަޝްވަރާކުރެއްވުމަށް މާދަމާ 13:00އަށް ކޯލިޝަންގެ ލީޑާޝިޕުން ބީއެމްއެލްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.