ޕީޕީއެމްގެ ސިޔާސީ އިސް އެކްޓިވިސްޓް އަދި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ނޫސްވެރިއަކަށް ފުރައްސާރަ ކުރެއްވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ.
އަންހެން ނޫސްވެރިއަކު ލިޔުނު ރިޕޯޓަކާ ގުޅިގެން ހަޑިހުތުރު ބަހުން ޢައްބާސް ފުރައްސާރަ ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
”އަޅުގަނޑު މީގެ ކުރިން ހިއެއްނުކުރަން ފަޒީނާއަކީ ނޫސްވެރިކަން ރަންޑި ކުރާ ހަށިވިއްކާ ކުއްޖެއް ކަމަކަށް. އެކަމު މިހާރު ތިޔަ ކިޔާ އެއްޗަކުން މި އެނގުނީ ތި ވެސް ހަމަ ހުސް ހޮޅި ކަން. ސަރުކާރަކުން ހަމަ ބުނާ ކޮންމެ ސިޔާސީ ވާހަކައެއް އެއްވެސް ހެއްކެއް ނެތި ސުވާލު ކުރުމެއް ނެތި ތިޔަ ގޮވަނީ؟“ ރިޟްވާންގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ދެއްކި ވާހަކަތަކާ ހަވާލާދީ ލިޔެފައިވާ ރިޕޯޓާ ގުޅިގެން އައްބާސް ކުރެއްވި ޓުވީޓުގައިވެއެވެ.
އެމްޖޭއޭއިން ބުނީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ސިޔާސީ އިސް އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާ ނޫސްވެރިއަކާ ޒާތީގޮތުން ޖައްސާލައި، ބޭ އަދަބީ ހަޑި ހުތުރު ބަސްތައް ބޭނުން ކުރުމަކީ އެ އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
”އައްބާސް އާދިލް ރިޒާގެ މި އަމަލު މި ޔޫނިއަންއިން ކުށްވެރިކޮށް މައާފަށް އެދުމަށް ގޮވާލަން. އަދި މިއީ އަންހެން ނޫސްވެރިއަކަށް ފުރައްސާރަ ކުރުމުގެ އަމަލެއްގެ ގޮތުގައިވެސް މި ޖަމްއިއްޔާއިން ދެކެން.“
މިފަދަ އަމަލުތަކަކީ އަންހެން ނޫސްވެރިންނަށް ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިޔުމަށް އެޅޭ ހުރަހެއްކަން ފާހަގަކޮށް އެމްޖޭއޭއިން ވަނީ ނޫސްވެރިންނަށް ބިރު ދައްކައި ފުރައްސާރަ ކުރުމަށް ހިންގޭ މިފަދަ އެންމެހާ އަމަލުތައް ހުއްޓާލައި އުފެއްދުންތެރި ބިނާކުރަނިވި ގޮތުގައި ނޫސްވެރިންނަށް ފާޑުކިޔުމަށް ގޮވާލައިފައެވެ. އަދި މިފަދަ ކަންކަން ދައުލަތުގެ އެންމެހާ އިދާރާތަކުން ސީރިއަސްކޮށް ނަގައި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ގޮވާލައިފައެވެ.
Anhen mihaaru migaumugaa banyakan nuveybaa