ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްއަށްވުރެ ވާނުވާ ދެނެވަޑައިގަންނަވާ އެހެން މީހަކު ނެތްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެކަން ހާމަކުރައްވައި ކުރެއްވި ޓުވީޓާ ގުޅިގެންނެވެ.
ނަޝީދުގެ ޓްވީޓް ހިއްސާކުރައްވަމުން ވައްޑެ ވިދާޅުވީ ވެރިއެއްގެ ކިބައިން އެންމެ ދެކެން ބޭނުންވަނީ ވާނުވާ ދަތުމާ، ކަންކުރާނެ ތަސައްވުރެއް އޮތުމާ، އެޔާ އެއްގޮތަށް ގަދައަޅާ މަސައްކަތް ކުރުމާއި، ފިސާރި މުރާލިވުމާއި މި ކަންކަން ކަމަށެވެ.
”މިކަންކަން ރައީސް ނަޝީދުގެ ކިބައިން ފެންނަ ވަރާ ގާތަށްވެސް އެހެން މީހަކު ކިބައިން އަދި ނުފެނޭ“ ވައްޑެ ވިދާޅުވިއެވެ.
ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ އެ މަނިކުފާނަށް ވޯޓުދިނުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.