ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވޯލްޑްކަޕްގެ ފައިނަލް މިރޭ: ތާރީޚަށް ބަލާއިރު ގިނަ މެޗުން މޮޅުވެފައި ވަނީ އާޖެންޓީނާ

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޑިސެމްބަރ 18, 2022
ކުޅިވަރު
0
ވޯލްޑްކަޕްގެ ފައިނަލް މިރޭ: ތާރީޚަށް ބަލާއިރު ގިނަ މެޗުން މޮޅުވެފައި ވަނީ އާޖެންޓީނާ

ޤަޠަރުގައި މިރޭ ކުޅޭ ވޯލްޑް ކަޕް 2022ގެ ފައިނަލް މެޗު އެއްބަޔަކު ސިފަކުރަނީ އެމްބާޕޭއާއި މެސީގެ މެޗެއްކަމަށެވެ.

މިރޭ ފައިނަލްގައި ކުޅޭ ފްރާންސާއި އާޖެންޓީނާއަށް ކަޅިއެއް ހިންގައިލާނަމެވެ.

ފީފާގެ ރޭންކިންގައި އާޖެންޓީނާ 3 ގައި އޮތް އިރު ފްރާންސް އޮތީ 4ގައެވެ. ތާރީޚަށް ބަލާއިރު 1930 ވަނަ އަހަރުން ފެށިގެން މިހާތަނަށް އާޖެންޓީނާއާއި ފްރާންސް 12 މެޗު ކުޅެފައިވެއެވެ. އާޖެންޓީނާ ވަނީ ހަ މެޗުން މޮޅުވެފައެވެ. ފްރާންސް ތިން މެޗުން މޮޅުވި އިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭގެ މާނައަކީ މިރޭގެ މެޗުން އާޖެންޓީނާ މޮޅުވުމެއް ވެސް ނޫނެވެ.

އާޖެންޓީނާއަކީ އެންމެ ފަހުން ބޭއްވި ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނެވެ. ފްރާންސަކީ އެންމެ ފަހުން 2018ގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ.

މިރޭ އާޖެންޓީނާ މަސައްކަތް ކުރާނީ ފްރާންސަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ލިބުނަ ނުދިނުމަށެވެ.

އާޖެންޓީނާ އާއި ފްރާންސް ވެސް ވަނީ  ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާ 1978 އާއި 1986 ވަނަ އަހަރުގައެވެ. ފްރާންސް ވޯލްޑް ކަޕް ހޯދީ 1998 އާއި 2018 ވަނަ އަހަރުގައެވެ.

ލިއޮނަލް މެސީގެ ލޯ އަމާޒުވެފައި ވަނީ އާޖެންޓީނާއާއެކު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދުމަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު މެސީއަށް 7 ފަހަރު ލިބުނަސް ވޯލްޑް ކަޕް ތަށީގައި އަތް ލުމުގެ ނަސީބު މެސީއަކަށް ނުލިބެއެވެ.

މިރޭގެ މެޗުގެ ދެ ތަރިންނަށް ވާނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އެވެ.

މެސީއަކީ ފުޓްބޯޅައިގެ ޖާދޫގަރެކެވެ. މޮޅަށް ހަމައެކަނި ވައަތު ފައިން ކުޅުނަސް ބޯޅަ އޮންނާނީ އޭނާއާ ތަތްވެފައެވެ. އެއީ  ޕްލޭސްޓޭޝަން ފުޓްބޯޅައިގެ ރަސްގެފާނެވެ. ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާއެވެ. މިހާރު އުމުރުން 35 އަހަރުވެފައި ވުމުން އޭނާ ތައްޔާރުވަމުން ދަނީ ކުޅުން ހުއްޓާލުމަށެވެ.

ފާއިތުވި އަހަރުތަކުގައި އާޖެންޓީނާ ޓީމު މުޅިން ވެސް ބިނާވެފައި އޮތީ މެސީގެ މައްޗަށެވެ. އަދި މިއަހަރުގެ ވޯލްޑް ކަޕުން ވެސް ފެންނަނީ ހަމަ އެ އުސޫލެވެ. މެސީއަށް ކުޅެވޭނަމަ އާޖެންޓީނާ މޮޅުވެއެވެ. މެސީއަށް ނުކުޅެވޭނަމަ އާޖެންޓީނާ ބަލިވެއެވެ. ސައުދީ މެޗުގައި މެސީއަށް ނުކުޅެވުމުން އާޖެންޓީނާ ދެރަވިއެވެ. ކޮރޯޝިއާ މެޗުގައި މެސީ މޮޅަށް ކުޅުމުން އާޖެންޓީނާ މޮޅަށް ކުޅެ ފައިނަލަށް ދަތުރުކުރިއެވެ.

ފްރާންސުން މިރޭގެ މެޗުގައި މެސީ ކުޅޭނެ ގޮތަކަށް ކުޅެން ދޫކޮށްލައިފިނަމަ ހަމައެކަނި މެސީ ލަނޑު ޖަހާނީއެއްނޫނެވެ. އެހެން ކުޅުންތެރިންނަށް ލަނޑުޖެހުމުގެ ފުރުސަތުވެސް މެސީ ހޯދައިދޭނެއެވެ. ފްރާންސް މިރޭގެ މެޗުން މޮޅުވާން ބޭނުންނަމަ ޖެހޭނީ ސައުދީ އަރަބިޔާއިން ހެދިހެން މެސީގެ ވައަތުފައި ބަނދެލާށެވެ. އޭރުން މެސީއަށް ޖާދޫއެއް ވެސް ސިހުރެއްވެސް ނެހެދޭނެއެވެ.

އެމްބާޕޭ: ވޯލްޑް ކަޕްގައި ކުޅޭ އެންމެ ދުވެލި ބާރު ކުޅުންތެރިއާ

ފްރާންސް ވިދިވިދިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް އުފުލަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ޒިއްމާ އެޅިފައި ވަނީ ޓީމުގައި ހުރި އާދަޔާ ހިލާފު ހުނަރުވެރި އެމްބާޕޭގެ ކޮނޑުގައެވެ. އޭނާ ވަނީ މުގުމިރުސް ކައިގެން ބާރަށް ދުވާ އަހެއްހެން ވަރުބަލިވުމެއް ނެތި ގަޑިއަކު 20 މޭލަށްވުރެ ދުރަށް ދަނޑުމަތީގައި ދުވެ ރިކޯޑު ހަދާފައެވެ. އެއީ މެސީހެން ގުދުރަތީ ހުނަރުން މުއްސަނދިވެފައިވާ ކުޅުންތެރިއެކެވެ. އިދިކޮޅު ދިފާއީ ކުޅުންތެރިން ނޭވާހިފަހައްޓައިގެން ތިބެނީ އޭނާ ހުއްޓުވުމަށެވެ. މިރޭގެ މެޗުގައި ލަނޑުޖެހިއްޖެނަމަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއަށް ލިބޭ ރަންބޫޓު ލިބުމުގެ އިތުރަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އޭނާއަށް ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ފްރާންސަކީ އެމްބާޕޭއަށްވުރެ މާ ބޮޑު ޓީމެކެވެ. އަނިޔާގައި ތިބި ކަރީމް ބެންޒެމާ، ޕޯލް ޕޮގްބާ އަދި އެންގޯލޯ ކާންޓޭ ފަދަ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅައިގެ ހަނގުރާމަވެރިންނާ ނުލައި ފްރާންސް ވަނީ ފައިނަލުގައި ފައިހަރުކޮށްފައެވެ. އެމީހުން ނެތުމުގެ ސަބަބުން ދުނިޔޭގެ މީޑިއާގެ އިތުރުން މުޅި މުބާރާތުގެ ދިފާއީ އައްޑަނައިގެ ސަމާލުކަން ވަނީ އެމްބާޕޭއަށް އަމާޒުވެފައެވެ. އަދި ފްރާންސްގެ ވިދުންގަދަ ތަރިތައް ނެތުމުގެ ސަބަބުން ގްރިޒްމަން އާއި ދެވަންފުރައިގެ އޮލިވިއާ ޖިރޫޑް އަށް ގިނަބައެއްގެ ސަމާލުކަން ލިބި ރެކޯޑު ހެދުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

”މި މެޗަކީ އާޖެންޓީނާ އާއި ފްރާންސް، އަދި މެސީ، އެމްބާޕޭއާ ދެކޮޅަށް ކުޅޭ މެޗަށް ވުރެ މާ ބޮޑު މެޗެއް.“ ޤަޠަރުގައި ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ފަސް ގޯލު ޖަހާފައިވާ ދެ ސުޕަ ސްޓާއާއި ޕީއެސްޖީ ޓީމުގެ ދެ ކުޅުންތެރިންނާ ބެހޭ ގޮތުން ސުވާލު ކުރުމުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ. ”އަހަރެން ދެކޭގޮތުގައި ދެ ޓީމަށްވެސް ބޭނުންވާ ހަތިޔާރު އެބަހުރި. މެޗު ނިންމާނީ އެހެން ކުޅުންތެރިން. ކޮންމެހެން އެ ދެ ކުޅުންތެރިންނެއް ނޫން. މެޗު ނިންމާލެވޭނެ ގިނަ ކުޅުންތެރިން ދެ ޓީމުގައި ވެސް އެބަ ތިބި.“

ފްރާންސްގެ ހެޑް ކޯޗު ޑިޑިއާ ޑެޝަމްޕްސްއަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ. އަދި މުބާރާތް ފެށުނީއްސުރެ އެމްބާޕޭ ވެސް ހުރީ ރަނގަޅު ފޯމެއްގައެވެ.

މިރޭގެ މެޗުން ވަކި ޓީމެއް މޮޅުވާނެއޭ ބުނެ ބަހުސް ނުކޮށް ހަމަޖެހިގެން ތިބެ މެޗު ބަލާލަން ހިނގާށެވެ. މެޗު ފަށާނީ މިރޭ 8.00ގައެވެ.

Tags: ވޯލްޑްކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

މާރޗް 20, 2023
ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ

ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ

މާރޗް 20, 2023
ރިސްޓަލް ޕެލެސް ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލް

ރިސްޓަލް ޕެލެސް ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލް

މާރޗް 20, 2023
ޗެލްސީއާއި އެވަޓަންގެ މެޗް އެއްވަރު

ޗެލްސީއާއި އެވަޓަންގެ މެޗް އެއްވަރު

މާރޗް 19, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In