ބުރާސްފަތި, ސެޕްޓެމްބަރ 21, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އުފަންވާކުދިން 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭ ބިލް ތަސްދީޤު ކޮށްފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 18, 2022
ޚަބަރު
0
އުފަންވާކުދިން 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭ ބިލް ތަސްދީޤު ކޮށްފި

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ހަތްދުވަހުގެތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ، ބޮޑު ޢަދަދަކުން ޖޫރިމަނާކުރެވޭގޮތަށް ފާސްކޮށްފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، ނޮވެމްބަރު 28 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެގޮތުގެ ތަފްޞީލު ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ކުއްޖަކު އުފަންވާތާ 7 ދުވަހުގެ ތެރޭގައި އެކުއްޖެއްގެ އުފަންދުވަހުގެރަޖިސްޓްރީ ހައްދަން ލާޒިމްކުރެއެވެ. އަދި އެކަން ނުކޮށްފިނަމަ 10،000 ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭނެކަމަށް ފުރަތަމ ބިލު މަޖިލީހަށް ހުށައެޅުއްވިއިރު ބަޔާންކޮށްފައިވެއެވެ. ނަމަވެސް ބިލު ދިރާސާކުރި މަރުހަލާގައި ބައެއް ފަރާތްތަކުން އެ ޢަދަދާމެދު ކަންބޮޑުވުން ފާޅުކުރުމުން ފަހުންވަނީ ޖޫރިމަނާކުރެވޭނެ ޢަދަދު އެކަމެއް ނުކުރި ސަބަބަބަށް ރިޔާޢަތްކޮށް ދަށްކުރެވޭގޮތަށް ބަދަލުކޮށްފައެވެ.

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ޤައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

އެގޮތުން ޤާނުނުގައި ބަޔާންކޮށްފައިވާގޮތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހެއެވެ. އަދި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަންވާނެކަމަށް ޤާނޫނުގައިވެއެވެ.

މި ޤާނޫނުގައި ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް، ނުވަތަ އައިޑީކާޑަކަށް ސައްޙަ ނޫން އުނިއިތުރެއް ނުވަތަ ގަސްދުގައި ގެއްލުމެއް ދިނުމުން ޖޫރިމަނާކުރެވޭގޮތަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެފަދަ ކަމެއް ކޮށްފިނަމަ އެމީހަކު 10،000 ރުފިޔާއާއި 15،000އާއި ހަމައަށް ޖޫރިމަނާކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މިފަދަ ކަމެއް ދައުލަތުގެ އިދާރާއަކުން ކޮށްފިނަމަ 15000 އާއި، 25،000 ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭނެކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ ”ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު“ އުވުނީއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ތަޢީދުކޮށްފި

ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ނުފެތުމަށް އިލްތިމާސްކޮށްފި

ސެޕްޓެމްބަރ 21, 2023
ވޯޓު ކަރުދާހުގައި ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނި ފާހަގަޖެހޭ ގޮތަށް ހަދައިފި

ނިޒާމީ ވޯޓު ނެގުން: ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އީސީއިން މަޖިލީހަށް

ސެޕްޓެމްބަރ 21, 2023
ގިރާވަރު ފަޅުން އަންނަ ހަފުތާގައި ގޯތި ކަނޑައި ހަވާލުކުރާނަން- އަކްރަމް

ގިރާވަރު ފަޅުން އަންނަ ހަފުތާގައި ގޯތި ކަނޑައި ހަވާލުކުރާނަން- އަކްރަމް

ސެޕްޓެމްބަރ 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މި ވެރިކަމުގައި ސެކިއުލަރިޒަމް އާއި، އެތީޒަމް އާއި، ފެމިނިޒަމް، ބާރު ސްޕީޑުގައި ފެތުރެމުން އެބައާދޭ: ޝައިޚް ސައުދާން

    ސައުދާން، އިމްރާނަށް: ޣައިބު އެނގެނީތޯ؟ ނޫނީ ކާހިނެއްތޯ؟ ނޫނީ ސިހުރުވެރިއެއްތޯ؟

    0 shares
    Share 0 Tweet 0
  • ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ ތާއީދު ޑރ. މުއިއްޒުއަށް

    0 shares
    Share 0 Tweet 0
  • އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ- ކެޕްޓަން އިހްސާން

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އަށްވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In