އީރާންގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހިތްވަރުދީ، މުޒާހަރާތަކުގެ ހަގީގަތް އުޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި، އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރި ތަރާނާ އަލީދޯސްތީ ހައްޔަރުކޮށްފި އެވެ.
ބަތަލާ ތަރާނާ އަލީދޯސްތީގެ މައްޗަށް ދައުވާ ކުރަނީ މުޅި ގައުމަށް ފެތުރިފައިވާ މުޒާހަރާތަކާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައި ގޮތުގައި އޮސްކާ އެވޯޑް ހާސިލްކޮށްފައިވާއި ފިލްމު ”ދަ ސޭލްސްމަން“ ގެ ތަރި ތަރާނާ އަލީދޯސްތީ ޖަލަށްލީ، ސަރުކާރާއި ދެކޮޅު މުޒާހަރާތަކުގައި ޖަރީމާ ހިންގިކަމަށް ތުހުމަތު ކޮށް، އެކުށުގެ އަދަބަކަށް މަރުގެ ހުކުމް އިއްވި ފިރިހެނަކާއި އެއްކޮޅަށް އިންސްޓަރގްރާމްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
ތަރާނާ އަލީދޯސްތީ ވަނީ އިރާނުގެ ސަރުކާރުގެ އެ އަމަލު ކުށްވެރިވާ ގޮތަށް އަދި މަރުގެ ހުކުމް އިއްވާ މަރާލި މީހާގެ ދިފާއުގައި އޭނާގެ އަމިއްލަ އިސްޓަރގްރާމް އެކައުންޓުން ޕޯސްޓެއް ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އޭގެ ހަފްތާއެއް ފަހުން ކަމަށް އީއާރްއެންއޭ އިން ބުނެއެވެ.
އެ ނިއުސް އެޖެންސީ ބުނީ އިރާނުގެ އެހެނިހެން މަޝްހޫރު ފަރާތްތަކަށްވެސް، ހަމަނުޖެހުމަށް ހިތްވަރުލިބޭ ފަދަ ކޮންޓެންޓް ޝާއިއު ކުރި މައްސަލައިގައި ޝަރުއީ އިދާރާތަކަށް ހާޒިރުކުރުމަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ކިހާ އަދަދެއްގެ ބަޔެއްކަމެއް އެ އީއާރްއެންއޭ އަކުން ހާމައެއް ނުކުރެއެވެ.
ދައުލަތުގެ މީޑިއާއިން ހަބަރުދޭ ގޮތުގައި އަލިދޫސްތީ ހައްޔަރުކުރީ އޭނާ ޝާއިއު ކުރި ކޮންޓެންޓުގައި ތުހުމަތު ކުރާ މައްސަލައަށް ބާރުލިބޭ އެއްވެސް ލިޔެކިއުމެއް އޭނާއަށް ދެއްކިފައި ނުވާތީ ކަމަށެވެ.
އުމުރުން 38 އަހަރުގެ އަލިދޫސްތީ އިންސްޓަގްރާމްގައި ބުނެފައިވަނީ ”އޭނާގެ ނަމަކީ މޮހްސެން ޝެކާރީ. މި ލޭ އޮހޮރުވުން ބަލަމުންދާ ބައިނަލްއަގްވާމީ އޮގަނައިޒޭޝަންތަކުން ފިޔަވަޅެއް ނޭޅުމަކީ އިންސާނިއްޔަތަށް ހުރި ލަދުވެތިކަމެއް“ ކަމަށެވެ.