ހުޅުމާލެއިން އުމުރުން 34 އަހަރުގެ މީހެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ސ. ހުޅުދޫ / ސީނިއަޞްރުމާގެ، މުޙައްމަދު ޖައިލަމް ،34، އެވެ.
ފުލުހުން ބުނީ މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ޖައިލަމް ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 10:54 ހާއިރު ކަމަށެވެ.
ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް 2 ގައި ކަމާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.