ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ ތަހުޤީގަށް ދުންޔާ އޭސީސީއަށް ހާޒިރު ކުރަނީ

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 14, 2022
ޚަބަރު
0
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ ތަހުޤީގަށް ދުންޔާ އޭސީސީއަށް ހާޒިރު ކުރަނީ

ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުޤީގަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

އޭސީސީން ތަހުޤީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ. އޭސީސީން ދުންޔާ ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ދުންޔާ ހާޒިރު ކުރަނީ އޭސީސީން ކުރަމުންދާ ތަހުގީގުގައި ދުންޔާއާއި ގުޅުން އޮތް މައްސަލައެއްގެ ތަހުގީގަށް ކަމަށް އެނގިފައިވެއެވެ.

މީގެ ކުރިންވެސް މިމައްސަލައިގެ ތަހުޤީގަށް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވެއެވެ. ނަމަވެސް ދުންޔާގެ ފަރާތުން އޭސީސީއަށް ޙަޒިރުވެފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ކުރީގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ނިމިދިޔަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭސީސީން އެމްއެމްޕީއާރުސީގެ ތަހުގީގާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލަމުންދާއިރު، މިމައްސަލަތައް ވީހާވެސް އަވަހަށް ނިންމައި ދައުވާ ކުރުމައަށް ފޮނުވުމަށް އޭސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައްނިމި ތަހުގީގު ކުރުމާއިމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދަނީ މަޝްވަރާ ކުރަމުންނެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ. ނަމަވެސް ރައީސް ޔާމީނަށް ދަށުކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކޮށްފައިވާ ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޢަރަބިއްޔާގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޢަރަބިއްޔާގެ ދަރިވަރުން މޫނު ނަގަން އަންގާތީ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In