ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސެލްބީ އިންވެސްޓްމެންޓްއިން އާންމުކޮށްފައިވަނީ ދޮގު ވާހަކަތަކެއް-ކަސްޓަމްސް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 13, 2022
ޚަބަރު
0
ކަސްޓަމްސްގެ ޑާޓާ ނިޒާމަށް މައްސަލަ ދިމާވެ ޚިދުމަތަށް ބުރޫއަރައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއާއި ގުޅޭ ގޮތުން ”ސެލްބީ އިންވެސްޓްމެންޓް“ އިން ކޮށްފައިވާ ޕޯސްޓަކީ ހަގީގަތާއި ހިލާފް ވާހަކަތަކެއް އެކުލެވޭ ޕޯސްޓެއްކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސެލްބީ އިންވެސްޓްމެންޓް އިން ކޮށްފައިވާ ޕޯސްޓްގައި ކަސްޓަމްސްގެ އެޗް.އެސް ކޯޑަށް ކުއްލިއަކަށް ބަދަލެއް ގެނެސް ޑިއުޓީ ރޭޓް މަތިކޮށްފައިވާކަމަށް ބުނެފައިވީ ނަމަވެސް އެލްމިނިއަމް ފައްޗަށް 0% އަދި ވިންޑޯ ފްރޭމްއަށް 10% ޖީ.އެސްޓީ ނަގަމުންދަނީ 2020 ވަނަ އަހަރުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

އަދި ސެލްބީ ކުންފުނިން އެތެރެކުރުމަށް ރާއްޖެއަށް ގެނެސްފައިވާ ޝިޕްމެންޓަށް ހުށަހަޅާފައިވާ ގުޑްސް ޑިކްލެރޭޝަންގައި އެލްމިނިއަމް ފަތިކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް ހުށަހަޅާފައިވާ ސަޕޯޓިންގް ޑިކްލެރޭޝަންގައި އެ ޝިޕްމެންޓްގައި ހުރީ އެލުމިނިއަމް ޑޯ އަދި ވިންޑޯ ފްރޭމްކަމަށް ބަޔާންކޮށްފައިވާތީ، ޝިޕްމެންޓްގައި ހިމެނެނީ ފަތިތޯ ނުވަތަ ފްރޭމްތޯ ޔަޤީންކޮށް އެޗް.އެސް ކޯޑު އިސްލާހުކުރުމަށް އެކުންފުނީގައި އެދިފައިވާނެކަމަށްވެސް ކަސްޓަމްއިން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

”އަދި މިގޮތަށް ދެންނެވުމުން ކޯޑު އިސްލާހުކޮށް ހުށަހަޅާފައިވަނީ ޑޯ ފްރޭމްގެ ގޮތުގައެވެ. ވުމާއި އެކު ކަސްޓަމްސްގެ މުދަލުގެ ޑިކްލެރޭޝަނުން ނިންމާފައިވަނީ އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގައި އެލުމިނިއަމް ވިންޑޯ ފްރޭމް (އެޗް.އެސް ކޯޑު: 7610100014) އަށް ޑީއުޓީގެ ގޮތުގައި 10% ނެގުމަށް ހަމަޖެހިފައިވާއިރު، އެލުމިނިއަމް ފަތި (އެޗް.އެސް ކޯޑު: 7604100012) އަށް ޑިއުޓީގެ ގޮތުގައި ނެގުމަށް ކަނޑައެޅިފައިވަނީ 0% އެވެ. ސެލްބީ އިންވެސްޓްމެންޓްއިން ގެނެސްފައިވާ ޝިޕްމެންޓްއަކީ ކަސްޓަމްސްއިން ބަލައި ފާސްކޮށް ދޫކުރުމުގެ މަރުހަލާ ފުރިހަމަވެފައި ނުވާ ތަކެތިކަމަށް ވާއިރު، މިތަކެތި އަދިވެސް ހުރީ މާލޭ ކޮމާޝަލް ހާބަރުގައި“ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއާރކުރުމުގެ މަސައްކަތް ހިނގާ ގޮތަކީ މުދަލުގެ މަޢުލޫމާތު ހިމެނޭ ގޮތަށް ވެރިފަރާތުން މުދާ ޑިކްލެއާރ ކުރުމުން، ޑިކްލެއާރ ކުރާ ގތަށް ބަލައި ކަނޑައެޅިފައިވާ ޑިއުޓި ރޭޓުން ޑިއުޓީ ދެއްކުމުން މުދާ ދޫކުރެވޭނެއެވެ. އަދި މިގޮތުން މުދާ ދޫކުރުމަށް ބަލައިފާސްކުރާއިރު، ކުރިން ގުޑްސް ޑިކްލެރޭޝަންގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުށުއަރާކަމަށް ވާނަމަ، އެ އަންނަ އުނި/އިތުރާއި އެއްގޮތަށް ޑިކްލެރޭޝަން އިސްލާހުކުރެވޭނެއެވެ. މިގޮތަށް ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމެންޓް ބަލައިފާސްކޮށް ދޫކުރާއިރު، ޝިޕްމެންޓްގައި ހިމެނެނީ އެލްމިނިއަމް ފަތިކަމަށްވާނަމަ، އެފަރާތުން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރީފަންޑުކުރެވޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގައި ބަޔާންކޮށްފައިވާ ޑިއުޓީ ރޭޓްތަކަށް ރިޔާޢަތްކޮށް މުދާ ކްލެސިފައިކުރެވެނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ހާމަނައިޒްޑް ސިސްޓަމްސް (އެޗް.އެސް) ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށްވާއިރު، މިގޮތުން މުދަލަށް ކަނޑައެޅިފައިވާ ކޯޑަކީ ކުއްލިއަކަށް ބަދަލު އަންނާނެ އެއްޗެއް ނޫނެވެ. ބަދަލެއް ގެނެވުނު ނަމަވެސް އެ ބަދަލެއް މައިގަނޑު ގޮތެއްގައި އަންނާނީ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވޭ އިސްލާހަކާއި ގުޅިގެނެވެ. މިގޮތުން އެލުމިނިއަމް ފައްޗަށް 0% ވިންޑޯ ފްރޭމްއަށް 10% ނަގަމުން ގެންދަނީ 2020 ވަނަ އަހަރުގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހަކާއި ގުޅިގެންނެވެ. އެލުމިނިއަމް ފައްޗަކުން 0% ނެގުމަށް ކަނޑައެޅުމުގެ މައިގަނޑު މަޤްސަދަކީ އެލްމެނިއަމް މަސައްކަތް ކުރާ ސިނާއަތުގައި ރާއްޖޭގައި ތަރައްގީކޮށް ކުރިއެރުވުމަށް ކަމުގައި މިފުރުސަތުގައި ދަންނަވާކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސެލްބީ އިންވެސްޓްމަންޓް ފަދަ ރާއްޖޭގައި ދިގު މުއްދަތަކަށް ފުޅާދާއިރާއެއްގައި އިމްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަޤީގަތް އޮޅޭ ގޮތަށް މިފަދަ ބަޔާނެއް ނެރެފައިވާތީ ކަސްޓަމްސްގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއަށް އިމްޕޯޓްކުރާ މުދަލިގެ ލިޔެކިޔުންތައް ނިންމުމާއި މުދާ ކްލިއަރކުރުމުގެ އުސޫލު ރަނގަޅަށް އެނގިތިބެ ރައްޔިތުންނަށް އޮޅޭ ގޮތަށް ބަޔާންތައް ނެރެ ތަކެތީގެ އަގު އުފުލުމަށް މަގުފަހިވާގޮތަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ކަސްޓަމްސްއިން ވަނީ ސެލްބީ އަށް އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ އަމްލތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއް ނެތި އަޅާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެރތި ރައްޔިތުންނަށް އަރުވާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

Tags: ‏ކަސްޓަމްސް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޢަރަބިއްޔާގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޢަރަބިއްޔާގެ ދަރިވަރުން މޫނު ނަގަން އަންގާތީ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In