ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކަނދުފަތި އެޅުމުގެ ރިޔާސީ ވައުދު ވަނީ ފުރިހަމަކުރެވިފަ-މިނިސްޓަރު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 13, 2022
ޚަބަރު
0
ކަނދުފަތި އެޅުމުގެ ރިޔާސީ ވައުދު ވަނީ ފުރިހަމަކުރެވިފަ-މިނިސްޓަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރުމަށް މަސައްކަތްކުރި ހުރިހާ ކަނދުފައްޗެއް އަޅާނިމިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަންވަނީ މިސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރުމަށް މަސައްކަތްކުރި ހުރިހާ ކަނދުފައްޗެއް އަޅާނިމިފައިވާކަމަށާއި، ތާރީޚުގައި ވެސް އެންމެ ގިނަ ކަނދުފަތި އަޅާފައިވަނީ މިއަހަރުކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއަހަރު އެކަނިވެސް 30 ކަނދުފަތި އަޅާފައިވާކަމަށް ވިދާޅުވިއެވެ.

”މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އެންމެ ގިނަ މަސައްކަތްކޮށް މިކަމުގައި ބަދަލެއް ގެންނާނީ މިސަރުކާރުންކަން މިދަންނަވަނީ ވަރަށް ފަޚުރުވެރިކަމާއެކު. އަދިވެސް ކުރަންހުރި މަސައްކަތް ގިނަ، އަދި ވަށާޖެހޭ ދާއިމީ ޙައްލެއް ގެނައުމަށް ވަގުތުކޮޅެއް ނަގާނެ. އެކަމަކު އެދިމާލަށް އަޅުގަނޑުމެން މިދަނީ.“ މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ވަނީ މަސްވެރިންގެ ދުވަހާއި ދިމާކޮށް ބޭއްވި މަސްވެރިންގެ ފޯރަމްގައި ފާހަގަކުރެވުނު ގިނަ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އިންޑިއާ ކަނޑުގައި މަސްބޭނުމުގައި ގިނަ ޤައުމުތަކަކުން ބަރޯސާވުމާއެކު މަހުގެ ސަޕްލައި އިތުރުވެ މަހުގެ ޑިމާންޑު ދަށްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު އިންދިއާ ކަނޑުގައި މަހުގެ ސްޓޮކް މަދުވުމުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު މަސްބާނާ ނިސްބަތް މަދުކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މަހަށް ހަމައަގު ހޯދުމަށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް އެކި އުފެއްދުންތައް އުފެއްދުމާއި ދިމާއަށް ދިޔުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބޭރަށް އެކްސްޕޯޓުކުރުމަށް ދައްކަންޖެހޭ ޑިއުޓީ ކުޑަކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ އެކި ފަރާތްތަކުގެ ތެރެއިން އެންމެ ޒުވާން މަސްވެރިޔާއަށާއި އެންމެ ގިނަ މަސްބާނާ ދޯނިތަކަށްދޭ ދިދައާއި ހަނދާނީ ލިޔުންވަނީ މި ޖަލްސާގައި ޙަވާލުކޮށްފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ހެޔޮ ބަދަލުގެނައުމަށް މަސައްކަތްކުރެއްވި އެކި ފަރާތްތަކާއި ކުންފުނިތަކާއި ދިގު މުއްދަތަކަށް މިދާއިރާއަށް ޚިދުމަތްކުރެއްވި ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

ޖޫން 3, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޖޫން 3, 2023
ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައި 12 މީހުން ބަންދުގެ މުއްދަތު އިތުރުކޮށްފި

ޖޫން 3, 2023
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް އައްޑުއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް އައްޑުއަށް ފުރާވަޑައިގެންފި

ޖޫން 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In