ހުއާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑްއާއި ގުޅިގެން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސއިން ހާމަކޮށްފައިވާ ގޮތުގައި ހުއާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑްއާއި އެކު ސޮއިކުރެވުނު އެއްބަސްވުމާއި އެކު އެ ކޯޕަރޭޝަނުން ހުޅުމާލެ ސްމާރޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިއަދު ހުއާވޭއާއި އެކު އެޗްޑީސީން ސޮއިކޮށްފައިވާ އެއްބަސްވުމާއި އެކު، ހުޅުމާލެ ސްމާރޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ކަމާއި ބެހޭ ފަންނީ މާހިރުން ހުއާވޭ ކުންފުނިން ފޯރުކޮށްދޭނެއެވެ.
މުއާސަލާތީ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏަކީ ހުއާވޭކަން ފާހަގަކޮށް، އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ހުޅުމާލއ ސްމާރޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީންއިން ކުރަމުން އަންނަ މަސައްކަތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ގަބޫލް ކުރާކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ހުއާވޭއިން ރާއްޖޭގައި 12 އަހަރު ދުވަސްވީ ތަޖުރިބާއެއް އޮތް އޮރު، އެ ކުންފުނިންވެސް ރާއްޖެއަށް އިތުރު ތަރައްގީ ގެނައުމަށް މަސައްކަތައް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ހުއާވޭގެ ތަސައްވުރަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުއާސަލަތީ ޙިދުމަތްތައް ރާއްޖޭގައި ޤާއިމްކުރުމަށްކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެޗްޑީސީއާއި އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ސްމާޓް ކޮމްގެ އަލީގައި ރާއްޖެއަށް މުއާސަލާތީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ރާއްޖޭގެ އިޤްތިޞޯދަށްވެސް ލިބިގެންދާނެކަމަށް ހުއާވޭގެ ސީއީއޯ ޓާއޯ ގުންގްޔާއޯ ވިދާޅުވިއެވެ.
އެޗްޑިސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އާތިފްއެވެ