ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 12, 2022
ރިޕޯޓް
0
އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

އާންމުކޮށް މިހާރަކަށް އައިސް އަޑު އިވޭ ވާހަކައަކީ ސްޓޮކް ލިބުން ދަތިވުމުން ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރާ ވާހަކައެވެ. މިއީ ހަމަޖެހޭ ކަމެއްތޯއެވެ. އެއްޗެއްގެ ސްޓޮކް ނުލިބޭ ނަމަ، ލިބިފައިވާ ސްޓޮކް ހުސްކުރުމަށް އެ ތަކެތީގެ އަގު އިންތިހާއަށް އަތް ނުފޯރާ ފަށަށް މަތި ކުރުމަކީ އެންމެ އެދެވޭ ގޮތް ތޯއެވެ. ދައްކަން މިޖެހެނީ ވިޔަފާރިވެރިންގެ ވާހަކައެވެ. ދައްކަން މިޖެހެނީ އަތް ފޯރާފަށަށް ތަކެތީގެ އަގުތައް ތިރިކޮށްދޭނެކަމަށް ވަޢުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެން އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރުގެ ސިޔާސަތުތަކުގެ ވާހައެވެ.

މަސްވެރިކަން ފިޔަވައި ކެއުމުގައި ބޭނުންކުރާ އަސާސީ އެއްވެސް އުފެއްދުމެއް ރާއްޖޭގައި ނެތް އިރު، މުޅި ރާއްޖެ ބަރޯސާވާން ޖެހެނީ ވިޔަފާރިވެރިން އެތެރެކޮށް ވިއްކާ މުދަލަށެވެ. ވިޔަފާރިވެރިޔާ މުދާ ގަނެގެން އާންމު މީހާއާއި ހަމައަށް ގެނައުމުގައި އެތައް މަސައްކަތްތަކެއް ކުރާއިރު، ތަކެތީގެ އަގު ހެޔޮ ކުރުމަށް އެމީހުންވެސް ބޭނުންވާނެއެވެ. ވިޔަފާރިވެރިޔާ ކިތަންމެ ބޭނުން ނަމަވެސް އޭނާއަށް ވިއްކާ އެއްޗެހީގެ އަގު އެންމެ އެދެވޭ މިމންވަރަށް ދަށް ނުކުރެވިދާނެ ކަމީވެސް ޤަބޫލް ކުރަން ޖެހިފާ ކަމެކެވެ. ޓެކްސް ނުނެގޭ ގިނަ ބާވަތްތަކެއްގެ އަގު ބޮޑު ވަނީ ވެސް މި ސަބަބުތްކާއި ހުރެއެވެ. ވިޔަފާރިވެރިޔާ މޭވާ އެތެރެކޮށް ވިއްކާއިރު އޭގެއިން ޓެކްސް ނުނެގޭއިރު، އޭނާ އެ މުދަލަށް ދައުލަތަށް އެތައް ފައިސާއެއް ދައްކަންޖެހެއެވެ.

ވިޔަފާރި ކުރާ މުދާ މާލެއާ ހަމައަށް ގެންނަން ހިނގާ ހަރަދު ބޮޑުވެގެން މި އުޅެނީ.ފްރައިޓަށް ވެސް އަގު ދައްކަން ޖެހޭ ޑޮލަރު ގަންނަން ލިބޭ އަގުވެސް ބޮޑުވުމުންކަމަށް ވޮޔަފާރިވެރިން ބުނެއެވެ. ބައެއް ވިޔަފާރިވެރިން ހާމަކޮށްފައިވާ ގޮތުގައި ޑޮލަރާއި އެހެނިހެން ކަންތައްތަކާ ހެދި ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އިންތިހާ އަށް މައްޗަށް އަރައިގެން ދާތަން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމެއްކަމަށް ބުނެފައިވެއެވެ.

ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި، މިސާލަކަށް އެއްޗެއްގެ ގަތުމަށް 100ރ. ހޭދަކުރާ ނަމަ، އެ އެއްޗެއް ރާއްޖެ އެތެރެކުރުމަށް ވިޔަފާރިވެރިޔާ 300ރ. ހަރަދު ކުރަން ޖެހެއެވެ. އަދޮ މިހާރު ރާއްޖެ އެތެރެކުރާ ގިނަ މުދާތައް ތެރެކުރަން ޖެހިފައިވަނީ މިގޮތަށް ކަމަށް ވިޔަފާރިވެރިން ސިފަކުރެއެވެ.
ރާއްޖެ އަކީ މުޅި ގައުމު އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށްވާއިރު، ޑޮލަރަށް ބަރޯސާ ނުވެ ވިޔަފާރިތައް ހިންގެން ނެތްކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. ވިޔަފާރިވެރިން ބުނާ ގޮތުން ބްލެކް މާކެޓުން ބޭނުންވަރަކަށް ޑޮލަރު ލިބެއެވެ. އަދި މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ގިނައިން ގަންނަނީވެސް ބެލެކް މާކެޓުންކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި، ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ބާކީ ބޭންކްތަކުން ހޯދާ އިރު އެވްރެޖްކޮށް ޑޮލަރެއްގެ އަގު ޖެހިފައި ހުންނަނީ 16.90ރ. އަށެވެ.

ކޮވިޑަށް ފަހު އައި ހީނަރުކަމުގައި ވަރަށް ގިނަ މުދަލުގެ އަގު ހުރީ މައްޗަށް ގޮސްފަ އެވެ. ރަސްމީ ހިސާބުތަކުން އިންފްލޭޝަން ބޮޑުތަނުން މައްޗަށް ގޮސްފައި ނުވިޔަސް، ވިޔަފާރިވެރިން ބުނާ ގޮތުން ކުރިން ސުޕަމާކެޓަކުން 1000ރ. އިން ކުރެވޭ ބާޒާރު މިހާރު 1،400-1،500ރ. އަށް ނޫނީ ނުކުރެވޭނެ އެވެ.

މާލޭ ބާޒާރުގައި މޭވާގެ އަގުތައް ވަނީ މީގެ ކުރިން ނުއުފުލޭވަރަށް އުފުލިފައެވެ. އާއްމު ގޮތެއްގައި މާލޭ ބާޒާރުގައި އެންމެ އަގު ބޮޑުވެގެންވެސް ފަސް ރުފިޔާއަށް އާފަލެއް ކުރިން ލިބެއެވެ. ނަމަވެސް މިދުވަސްވަރު އާފަލުގެ އަގު ވަނީ 7 ރުފިޔާއަށް 10 ރުފިޔާއަށް މައްޗަށްގޮސްފައެވެ.

މާލޭ އަދި ހުޅުމާލެއަށް ބަލާއިރު، ބައެއް ފިހާރަތަކުން އާފަލެއް 7 ރުފިޔާއަށް 10 ރުފިޔާއަށް ލިބެން ހުރިއިރު، ގެއަށް ތަކެތި ޑެލިވަރީ ކޮށްދޭ ފިހާރަތަކުން ޑެލިވަރީއަށްވެސް ފައިސާ ނަގައެވެ.

އާފަލުގެ އިތުރުން މާލޭ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ އޮރެންޖުގެ އަގުތައް ވެސް ވަނީ މައްޗަށް ޖެހިލާފައެވެ. ކުރިން ފަސް ރުފިޔާއަށް ވިއްކި އޮރެންޖު މިހާރު ވިއްކަމުން އަންނަނީ 12 ރުފިޔާއަށެވެ.

މާލޭ ބާޒާރުގައި އޮރެންޖް އަދި އާފަލުގެ އަގު ބޮޑުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ އެ ތަކެތީގެ އަގު ބޮޑުވީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމުމުން ކަމަށެވެ. ނަމަވެސް އޮރެންޖާއި އާފަލަކީ ޓެކްސް ނަގާ އެއްޗެއް ނޫނެވެ.

އިނގިރޭސިން ބުނެ އުޅެއެވެ. ”އެވްރިޑޭ އޭން އެޕަލް ކީޕްސް ދަ ޑޮކްޓާ އަވޭ“ މާނައަކީ ދުވާލަކު އާފަލެއް ކައިފިނަމަ، ޞިއްހީ ގޮތުން އެމީހާއަށް ދުޅަހެޔޮކަން އިތުރުވެ ޑޮކްޓަރަށް ދައްކަން ޖެހޭ މިންވަރު ދައްވާ ވާހަކައެވެ. ނަމަވެސް މިފަދަ އަގުތަކެއްގައި އާފަލެއް ދިވާލެއްގެ މައްޗަށް ކާން ވެއްޖެ ނަމަ، ކޮންމެ މީހަކުވެސް ޑޮކްޓަރަށް ދައްކަން ޖެހޭނީ މިފަދަ ކަންކަމަށް ކުރާ ފިކުރު ބޮޑުވެގެންކަމާއި މެދު ޝައްކެއް ނެތެވެ. ސަރުކާރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ދީފައި، އެމީހާ ދުޅަހެޔޮ ޞިއްޙަތަކަށް ކުރާ ހޭދަ ބޮޑު ވުމަކީވެސް އެންމެ އެދެވޭ ގޮތެއް ނޫނެވެ.

ތަކެތީގެ އަގުތައް އިންތިހާއަށް އުފެލެމުންދާއިރު، އަންނަ ޖަނަވަރީ މަހުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ ދައުލަތުގެ އާމްދަނީ އިތުރު ކުރަން ކަމަށް ބުނެފައިވާއިރު، ސަރުކާރުން އުފައްދަމުންދާ ސިޔާސީ މަގާމު ތަކާއި، ސަރުކާރުގެ ވެރިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ހުއްޓުވައިފިނަމަ، ޓެކްސް ބޮޑު ނުކޮށް ވެސް އާމްދަނީ އިތުރު ކުރެވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ އެއްވެސް ޚަރަދުތަކެއް މިހާތަނަށް އައި އިރު ކުޑަކޮށްފައިވާތަން އެއްވެސް މިންވަރަކަށް ނުފެންނަކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުންނާއި ހުދު ސަރުކާރު ހިންގާ އެމްޑިޕީއާއި ގުޅިގައިވާ ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ބުނަމުންނެވެ.

Tags: ޖީއެސްޓީ

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މާރޗް 13, 2023
އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފެބްރުއަރީ 28, 2023
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

ފެބްރުއަރީ 21, 2023
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ފިކުރެއްގެ ނިމުން

ފެބްރުއަރީ 14, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In