ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވޯލްޑް ކަޕް 2022: ވަރުގަދަ ޕޯޗުގަލްއާ ކުރިމަތިލާން މޮރޮކޯ އޮތީ ތައްޔާރަށް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޑިސެމްބަރ 10, 2022
ކުޅިވަރު
0
ވޯލްޑް ކަޕް 2022: ވަރުގަދަ ޕޯޗުގަލްއާ ކުރިމަތިލާން މޮރޮކޯ އޮތީ ތައްޔާރަށް

ޤަޠަރު ވޯލްޑް ކަޕްގައި މޮރޮކޯއިން ވަނީ ހުވަފެނީ ކުޅުމެއް ކުޅެ ބެލުންތެރިން ހައިރާންކޮށް ކުރިއެރުންތަކެއް ހޯދާފައެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ސްޕެއިން ބަލިކޮށް ޕެނަލްޓީ ޖަހައިގެން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި މޮރޮކޯއަށް މިރޭ ޖެހިފައި ވަނީ ވަރުގަދަ ޕޯޗުގަލްއާ ކުރިމަތިލައި އުތުރު އެފްރިކާގެ ބަޠަލެއްގެ މަގާމު އަލުން ހޯދަން ޖެހިފައެވެ. މެޗު ފަށާނީ ރާއްޖެގަޑިން 8.00ގައެވެ.

”ކުރިން އަހަރެމެންނަށް ސަޕޯޓް ކުރަމުން ދިޔައީ ހަމައެކަނި މޮރޮކޯ މީހުން. މިހާރު އެފްރިކާ މީހުންނާއި އަރަބިން ވެސް ވަނީ އަހަރުމެންނަށް ތަރުހީބު ދޭން ފަށާފައި.“                                                                                                                    

މޮރޮކޯގެ ކޯޗު ވަލީދު ރަގުރާގީ އޭނާގެ ޓީމުގެ ދަތުރާ ބެހޭ ގޮތުން ބުންޏެވެ. ”އަހަރުމެން މިތިބީ ޕޯޗުގަލްއާ ކުރިމަތިލާން ތައްޔާރަށް.“

ޕޯޗުގަލްއާ ދެކޮޅަށް ވޯލްޑް ކަޕްގެ ކްއާޓާރ ފައިނަލްގެ 3 ވަނަ މެޗަށް މޮރޮކޯ ނިކުންނައިރު އަރަބި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް މުސްލިމް ގައުމުތަކުގެ ލޯބި މޮރޮކޯ ވަނީ ހޯދާފައެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް  ކޮލިފައިވި ފުރަތަމަ އަރަބި ގައުމަށް ވުމުގެ އިތުރަށް  ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކުއާޓާ ފައިނަލަށް ކޮލިފައިވި ފުރަތަމަ އެފްރިކާ ޓީމުގެ ގޮތުގައި މޮރޮކޯ ތަމްސީލު ކުރަނީ ހަމައެކަނި އަމިއްލަ ގައުމީ ޓީމަށްވުރެ މާ ގިނަ ހައިސިއްޔަތުތަކެކެވެ.

މޮރޮކޯ ކްއާޓަރ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ނަން މަޝްހޫރު ގައުމުތަކާއި މަގުބޫލު ކުޅުންތެރިންނާ ވާދަކޮށްގެންނެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަމާއި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ މަގުބޫލު އެއްލީގު ކުޅޭ ގައުމު، ސްޕޭން ރާޑިކޮށް، މޮރޮކޯ ދަތުރުކުރި ގޮތުން ގައުމުގެ ބައެއް ކުޅުންތެރިންގެ ނަން ބައިނަލްއަގުވާމީ ދޫތަކުން ކިޔަން ފެށިއެވެ.

މެޑްރިޑަށް އުފަން އަޝްރަފް ހަކީމީއާއި މޮރޮކޯގެ ކުޅަދާނަ ގޯލްކީޕަރު ޔާސީން ”ބޮނޯ“އަކީ ސްޕޭން ކަޓުވާލުމުގައި މުހިއްމު ދައުރެއް އަދާކުރި ދެކުޅުންތެރިންނެވެ. ބޮނޯ ވަނީ ލަނޑެއް ޖެހިޔަ ނުދީ 300އަށް ވުރެ ގިނަ މިނިޓު އިރު ވާނދެން ގޯލު ބަލަހައްޓާފައެވެ. ޕެނެލްޓީ ޖެހިއިރު އޭނާ ވަނީ 2 ޕެނަލްޓީ މަތަކޮށްފައެވެ.

ދުނިޔޭގެ ދެވަނައާއި ހަތްވަނައާއި 12 ވަނައިގައި ގިންތިކޮށްފައިވާ ޓީމުތަކާ ދެކޮޅަށް މޮރޮކޯއިން ދެއްކީ މޮޅުކުޅުމެކެވެ. އެ ކުޅުން މިރޭ ތަކުރާރުކުރެވިއްޖެނަމަ ޕޯޗުގަލްއަކީ މުބާރާތުގައި ގިނަ ލަނޑު ޖެހި ޓީމަކަށް ވިޔަސް އެ ޓީމު މައިތިރިކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭނެއެވެ. ޖޯޝާއި ފޯރީގައި ކުޅެވޭނެއެވެ.

މޮރޮކޯގެ ކޯޗު ރަގްރާގީ ބުނީ ކޮންމެވެސް ހިސާބަކުން އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕް ނުހޯދެންވީ ކީއްވެގެންކަން އޭނާއަށް ނުވިސްނޭކަމަށެވެ.

ވޯލްޑް ކަޕް 2022: ވަރުގަދަ ޕޯޗުގަލްއާ ކުރިމަތިލާން މޮރޮކޯ އޮތީ ތައްޔާރަށް

ދުނިޔެއަށް މަޝްހޫރު ކްރިސްޓިއާނޯ ރޮނަލްޑޯ ފުރަތަމަ 11ގައި ނުހިމަނައި  ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ޕޯޗުގަލް ކްއާޓާރ ފައިނަލަށް ދަތުރުކުރުމުން ވަރަށް މަތީ އުއްމީދުތަކެއް ޕޯޗުގަލްއާ ވަނީ ގުޅިފައެވެ. މިހާރު އުފެދިފައިވާ ސުއާލަކީ ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްއަށް އޭނާގެ ގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި މުޅިދުނިޔޭގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއާ ނުލައި މޮރޮކޯއާ ކުރިމަތިލައިގެން މޮޅު ވެވިދާނެ ހެއްޔެވެ؟ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 5 ފަހަރަށް ހޯދާފައިވާ ކުޅުންތެރިއެކެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ބަދަލުގައި ކޯޗު ނެރުނު 21 އަހަރުގެ ގޮންޒާލޯ ރާމޯސް ވަނީ މެޗުގައި 3 ލަނޑު ޖަހައި ދުނިޔެ ހައިރާންކޮށްލާފައެވެ. އޭނާ ޖެހި 3 ލަނޑަކީ 2022ގެ ވޯލްޑު ކަޕްގައި ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ.

ރޮނާލްޑޯ ނެތަސް ބްރޫނޯ ފަރްނާންޑޭސްއާއި އެތުލެޓިކޯ މެޑްރިޑްގެ ތަރި ޖޯއާ ފެލިކްސްގެ އިތުރަށް ރާމޯސްއަށް ގުޅިގެން ކުޅެވޭ ގޮތް ވެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. އަޅުގަނޑުމެންނަށް ޖެހެނީ ކުޅިބަލަން ތިބޭށެވެ.

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

މެއި 28, 2023
އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

މެއި 21, 2023
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

މެއި 18, 2023
ހަކީމީގެ ކާރެއް ކުރީގެ އަނބިމީހާއަށް ލިބެނީ

ހަކީމީގެ ކާރެއް ކުރީގެ އަނބިމީހާއަށް ލިބެނީ

މެއި 16, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In