ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މިރޭ 12.00ގައި އާޖެންޓީނާ- ނެދަލޭންޑްސް: ނޭވާ ހިފަހައްޓާލަން ޖެހޭނެ މެޗެއް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޑިސެމްބަރ 9, 2022
ކުޅިވަރު
0
މިރޭ 12.00ގައި އާޖެންޓީނާ- ނެދަލޭންޑްސް: ނޭވާ ހިފަހައްޓާލަން ޖެހޭނެ މެޗެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ އާޖެންޓީނާއާއި ވޯޑްކަޕްގެ ފައިނަލްގައި 3 ފަހަރަށް ކުޅެ ތަށީގައި ހިފުމުގެ ފުރުސަތު ނުލިބުނު ނެދަލޭންޑްސް ޤަޠަރު ވޯލްޑް ކަޕްގެ ކްއާޓަރ ފައިނަލްގައި މިރޭ ކުޅޭ މެޗަށް ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޤަޠަރުގެ ލޫސައިލް އައިކޮނިކް ސްޓޭޑިއަމްގައި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 12.00ގައެވެ.

ކޯޗު ލޫއީ ވެން ހާލްގެ ޓީމުން ގަދަ އަށަކުން ޖާގަ ހޯދީ އެމެރިކާ އަތުން 3-1 އިން މޮޅުވެގެންނެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމު، އާޖެންޓީނާ ގަދަ އަށަކަށް ދަތުރުކުރީ ހިތްވަރުގަދަ އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވެގެންނެވެ.

އާޖެންޓީނާގެ ރޫހަކީ ލިއޮނަލް މެސީއެވެ. އޭނާ ވަނީ ފުޓުބޯޅައިގެ ހަޔާތުގައި 1،000 މެޗު ކުޅެފައެވެ. އޭނާއަށް ވަނީ ހަތް ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު، ބެލޮންޑިއޯ ލިބިފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް މެސީއަށް ނުދެއްކުނަސް އޭނާ ދަނީ އޭނާގެ ގައުމު ތަށި ނެގުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ލަނޑު ޖަހަމުންނެވެ. އޭނާއާ ނުލައި އާޖެންޓީނާއަށް މާ ބޮޑުވަރެއް ނުކުރެވޭނެއޭ ހީވާ އެތައް ދަނޑިވަޅެއް ފާއިތުވެގެން އެބަދެއެވެ. ބޯޅަފަހައި ދުވެ، ބޯޅަ އަތުލައިގެން ކަމެއް ނުކުރެވުނަސް، ބޯޅަ އޭނާގެ ވައަތު ފަޔަށް، ހަމައެކަނި ވައަތު ފަޔަށް ފަހިކޮށް ދިނުމުން އޭނާ ދަނީ އިދިކޮޅު ޓީމަށް ނުރައްކާ ކުރަމުންނެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޭނާއަކީ ފުޓްބޯޅަ ކުޅުން ހުއްޓާލަންޖެހޭ އުމުރުގެ ދުވަސްތައް ގުނަމުންދާ ދެވަންފުރައިގެ ހަރަކާތް ލަސް ކުޅުންތެރިއެއްކަމެވެ. ނަމަވެސް އޭނާއަށް ބިރުން އޭނާ ވަށާލާ ވަގުތު އިދިކޮޅު ޓީމުގެ ދިފާއީ ނިޒާމުގައި ލޯވަޅު އެޅި ފޫދާނެއެވެ.

އާޖެންޓީނާގެ އިސްކޮޅުން ދިގު ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ގޯލަށް ވަންނަން ދިޔަ ނުރައްކާތެރި އެތައް ބޯޅައެއް މަތަކޮށް ޓީމު ސަލާމަތްކޮށްދީ އޭނާއަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

އާޖެންޓީނާގެ ކުރިއަށް ކުޅޭ އެންޖެލް ޑި މާރިއާއަކީ މެސީ ފަދަ ކުޅުންތެރިއަކަށް ނުވިޔަސް ބޯޅަ ފައިދަށުލައިގެން ގިނަ އިރު ހިފަހައްޓައިގެން އިދިކޮޅު ޓީމުގެ ދިފާއަށް ނުރައްކާ ކުރާ މީހެކެވެ. މެސީއާއި ޑި މާރިއާ ކޮއްޓާނެ ވަރަކަށް ކޮއްޓަން ޖާގަ ދީގެން ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. ނަސީބު ދިމާކުރި ގޮތުން ނެދަލޭންޑްސް ޓީމުގައި އަޅައިގަންނަވަރުގެ ބޮޑު އަނިޔާއެއް ނެތެވެ. ކަން އެހެން އޮތުމުން ރަނގަޅަށް ރާވައިލެވިއްޖެނަމަ އާޖެންޓީނާ ހިތަށް އެރިހާ ކުޅިއެއް ޖަހަން ފުރުސަތެއް ނުލިބި ހިނގައިދާނެއެވެ.

ޑި މާރިއާ: ބޯޅަ ހިފަހައްޓައިގެން ކުޅޭ ކުޅުންތެރިއެއް

އާޖެންޓީނާ އެންމެ ފަހުން ކުއާޓާ ފައިނަލު ފަހަނަޅައި ކުރިއަށް ދެވުނީ 2014 ވަނަ އަހަރު ފައިނަލްގައި ކުޅުނު ފަހަރެވެ.

އާޖެންޓީނާގެ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު ކޯޗު ލިއޮނަލް ސްކަލޯނީގެ ކުޅުންތެރިން މިރޭގެ މެޗުން މޮޅުވާން އިންތިހާއަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އެއީ މާޒީގައި އާޖެންޓީނާއަށް ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެ މޮޅު ނަތީޖާއެއް ނެރެވިފައި ނުވާތީއެވެ. ކަން އެހެން އޮތުމުން މެޗުގެ ނަތީޖާއާ މެދު އެންމެން ވެސް ތިބެން ޖެހޭނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ނެދަލޭންޑްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ނެދަލޭންޑްސްއަކީ ދުނިޔެއަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ގައުމެކެވެ. އަދި 1974، 1978 އަދި 2010ގައި ވޯލްޑް ކަޕް ފައިނަލްގައި ކުޅުނުކަމަށް ވިޔަސް ތަށީގައި އަތްލުމުގެ ނަސީބު ލިބިފައިވާ ގައުމެއް ނޫނެވެ. ވޯލްޑް ކަޕްގެ 3 ވަނަ މަގާމު 2014ގައި ނެދަލޭންޑްސް ހޯދީ ބްރެޒިލް ބަލިކޮށްފައެވެ.

ނެދަލޭންޑްގެ މެދުތެރެއަށް ކުޅޭ ފްރެންކީ ޑި ޔޮންގަކީ ވަރަށް އުއްމީދީ އަދި ހިތްވަރުގަދަ ކުޅުންތެރިއެކެވެ.

ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކަކީ އިސްކޮޅުން ދިގު ވަރުގަދަ ދިފާއީ ކުޅުންތެރިއެކެވެ. ކޯނަރުގައި ކުރިއަށް އަރައި ލަނޑުވެސް ޖަހައެވެ. ނަމަވެސް އޭނާއަކީ ބައެއް ފަހަރަށް ”ޅައެއްޗެތި އަޅާ“ ކުޅުންތެރިއެކެވެ.

ނެދަލޭންޑްސް ޓީމުގެ ކުރިއަށް ކުޅޭ ޑެޕޭއަކީ ހުނަރުވެރި އަދި ނަތީޖާ ނެރެފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެހީތެރިވާ ކުޅުންތެރިއެކެވެ. އޭނާއަށް ގަކްޕޯއާ ގުޅިގެން ހައިރާން ވާފަދަ ނަތީޖާއެއް ވެސް ނެރެވިދާނެއެވެ.

އާޖެންޓީނާއާއި ނެދަލޭންޑް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ނަމަވެސް މިރޭގެ މެޗު އާދައިގެ ކުޅުމުގައި ލަނޑެއް ނުޖެހިއްޖެނަމަ ޕެނަލްޓީ ޖަހައިގެން ވެސް ނަތީޖާ ނެރޭނެއެވެ.

ނެދަލޭންޑްސްގެ ކޯޗު ލުއީ ވެން ހާލްގެ މައްސަލަކީ ބެންޗުން ތެދުވެގެން އަރިމަތީ ރޮނގު ކައިރިއަށް ގޮސް ޓީމަށް އިރުޝާދު ނުދެވުމެވެ.

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

މެއި 28, 2023
އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

އާސެނަލް ބަލިވެ ލީގު ޗެމްޕިއަންކަން ސިޓީ އަށް

މެއި 21, 2023
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް

މެއި 18, 2023
ހަކީމީގެ ކާރެއް ކުރީގެ އަނބިމީހާއަށް ލިބެނީ

ހަކީމީގެ ކާރެއް ކުރީގެ އަނބިމީހާއަށް ލިބެނީ

މެއި 16, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In