ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ހަތްވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
ޑިސެމްބަރ 8, 2022
ވާހަކަ
0
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ހަތްވަނަ ބައި

ކޮންމެ ގޮތެއް ވިޔަސް މުސްކާންއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެކަނި މާއެކަނި ނަމަވެސް އެކަމާ ކޮންމެވެސް އެއް ގޮތަކަށް ކުރިމަތި ލައިފިއެވެ. އަދި އެހެންމީހެއްގެ އިރުޝާދެއް އެހީއެއް ނެތި އެކަމުން ސަލާމަތްވާން މަސައްކަތް ވެސް ކޮށްފިއެވެ. އައިންތުގެ ހިތުގައި މުސްކާންއަށްޓަކައި ތަޢުރީފް އުފެދިގެން އައެވެ. އަދި އެ ނިކަމެތި ކުއްޖާއަށްޓަކައި އެ ހިތް ރަހުމުން ފުރުނެވެ. އެހެންކަމުން ބޭއިޚުތިޔާރުގައި މަޑުމަޑުން މުސްކާންގައިގާ އައިންތު ބައްދައިލިއެވެ.

”މުސްކާން ދެރަނުވޭ! މިގޭގަ މުސްކާންއަށް ހުރެވޭނެ. އެކަމަކު….. މިވަގުތު ހުހަށް މިހިރީ މުސްކާންގެ ބައްޕައާ އެކު އޭރު ހުރި ކޮޓަރި. ގްރައުންޑް ފްލޯރގައި އެހެރަ…..“ އައިންތު ހިފެހެއްޓީ މުސްކާންގެ އަތްތިލާގައެވެ.

”އަޅުގަނޑަށް އޯކޭ ތި ގޮތް ވެސް. މިވަގުތު ބޭނުންވަނީ ކޮންމެވެސް އިތުބާރު ހިފެވޭ ބައެއްގެ ބޯހިޔާވަހިކަން. ރައްކާތެރިކަން. އަޅައިލުން. ދައްތާ…. އަހަރެން ވަރަށް ހާލުގަ އުޅެފިން!“ އަނެއްކާވެސް މުސްކާންގެ އަޑު ބެދި ރޮވޭގޮތް ވެއްޖެއެވެ. ހަނދާނަށް އައީ ސައްތާރުގެ އެ ނުބައި ނިޔަތް އެނގުނު ހިސާބުން ފެށިގެން އެންމެ ރެއަކުވެސް ހަމަ ޖެހިގެން މުސްކާންއަށް ނުނިދޭކަމެވެ. ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ބިރުވެރި ހުވަފެން ފެންނަނީއެވެ. އެކަމަކުވެސް މި ވަގުތާ ހަމައަށް ވެސް މުސްކާން އެކަން ސިއްރު ކުރިއެވެ. އެ ހިތަށް މިވަގުތު މި ވަރަށް އަސަރު ކުރާ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ.

”މިގޭގަ އަޅުގަނޑު ހުއްޓަސް އަޅުގަނޑު ބޭނުމީ ކުލި ދީގެން ހުންނަން.“ މުސްކާން ބަލައިލީ އައިންތުގެ މޫނަށެވެ. އެ މޫނުން މުސްކާންއަށް ފެނުނީ ނުތަނަވަސްކަމެވެ.

”އަހަރެން ހިތްހަމަ ޖެހޭ ގޮތަށް މިކަން ދޫކޮށްލަދީ! އަހަރެން އޮފީހަކަށް ދަން. އެހެންވީމަ އަހަރެންގެ އަމިއްލަ ޚަރަދުކޮށް ބާކީވާވަރަށް ވެސް ލާރި ލިބޭ! މިގެއަށް ކުލި ދީގެން އުޅުނަސް އަހަރެން ދައްތަގެ ފަރާތުން އެދޭ އެދުމެއް އެބައޮތް!“ މުސްކާން ހިފީ އައިންތުގެ އަތުގެ އިނގިލިތަކުގައެވެ. އަދި އެ އަތް ހިތްލާލަމުން މުސްކާންގެ އަނެއް އަތުން އައިންތުގެ އެ އަތުގެ ކުޑަހުޅުގައި ހިފެހެއްޓިއެވެ.

”އަހަރެން ބޭނުމީ ދައްތަގެ ދަރިއެއްގެ ގޮތުގައި މި ގޭގައި ހުންނަން. ނުވަތަ ކޮއްކޮއެއްގެ ގޮތުގައި ނުވަތަ ރައްޓެއްސެއްގެ ގޮތުގައި….. މާނައަކީ މި ފެމެލީ މީހެއްގެ ގޮތުގައޭ ހުންނަން ބޭނުމީ.. އޭރުން އަހަރެން ހުންނާނީ ވަރަށް އުފަލުން!“ އައިންތު ހުރީ ކަޅިޖަހާލަން ވެސް ހަނދާން ނެތިފައެވެ. މިއީ ކޮންކަހަލަ ކުއްޖެއްހެއްޔެެވެ. ބައެއްފަހަރު ވަރަށް ހަރު މީހުން އުޅޭ ގޮތަށް ވެސް އުޅެފާނެއެވެ. އަނެއްބައިފަހަރު ކުޑަކުއްޖަކު އުޅޭހެން ވެސް އުޅެފާނެއެވެ.

”ތީ މިގޭ ކުއްޖެކޭ.. އޯކޭނު!“ އައިންތު ހިނގައިގަތީ މުސްކާންގެ އަތުގައި ހިފަހައްޓައިގެން ހުރެ ލިފްޓާދިމާއަށެވެ.

މުސްކާން ގޮވައިގެން ގޮސް އައިންތު ވަނީ ކުރިން ފަހަރު ވެސް މުސްކާން ހުރި ކޮޓަރިއަށެވެ.

މަންމައާ މުސްކާން ދެއްކި ވާހަކަ އަޑުއަހަން ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްގެން ހުރި ރިހާން ހިތްހަމަ ނުޖެހުނީ މަންމަ އާއިލި ގޮތުން އެއްވެސް ގުޅުމެއް ނެތް މީހަކު އެހެން ހަމަ ބުނެލާއިރަށް ގޭގައި ބަހައްޓަން އެއްބަސްވުމުންނެވެ. މަންމައަށް ނުވިސްނެނީ ކީއްވެހެއްޔެވެ! ރިހާންގެ ހިތް ހަމައެއް ނުޖެހުނެވެ. ”މުސްކާން!“ ރިހާންއަށް އެ ނަން ތަކުރާރުކޮށް ކިޔާ ލެވުނެވެ. އަދި ހިތުގެ ކޮންމެވެސް ހިސާބަކުން އެ ހިތްގައިމު އަޑުގެ ވެރިޔާއަށް ހަމްދަރުދީ ވެވޭހެން ވެސް ހީވިއެވެ. އެކަމަކު ރިހާން އަކާ އެ ނުދައްނަ ބީރައްޓެހި ކުއްޖާއަކާ ކީކީ ހެއްޔެވެ! ނުދަންނަ  މީހުންނާއެކު އުޅުމަކީ މި ފާއިތުވާ އަށްއަހަރުތެރޭ ރިހާން ބޭނުންވާކަމެއް ނޫނެވެ. އާއިލާ މީހުން ފިޔަވައި އިތުރު ބަޔަކު ގެއަށް އައުމަކީ ރިހާން ނުރުހޭކަމެކެވެ. މަންމައަށް އެ ވަރު ނޭގެނީ ކީއްވެހެއްޔެވެ!

މުސްކާން އަކީ އެ އާއިލާ ކުއްޖަކަށް ނުވިޔަސް މުސްކާން އެގޭގައި އުޅެމުން ދިޔައީ އަމިއްލަ ގޭގައި އުޅޭފަދައިންނެވެ. އޮފީހަށާ ކޮލެޖަށް ދާގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ގޭގެ މަސައްކަތްކޮށްދީ ހަދައެވެ. އެއްވެސް މީހަކު މުސްކާން ގާތު މިވެނިކަމެއް ކުރާށެކޭ ބުނާކަށް ނުޖެހެއެވެ. ފުރަތަމަ ކޮޅު އައިންތު އެކަމާ ދެކޮޅުހެދިއެވެ. އެހެންނަމަވެސް މުސްކާން ދޫނުކުރުމުން އައިންތު ދޫކޮށްލީއެވެ.

މުސްކާން އެގޭގައި އުޅޭތާ ދެ ހަފުތާ ފާއިތުވީއިރު ވެސް ރިހާންއާ ދިމާވީ ޖުމުލަ ދެ ފަހަރު އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ރިހާން ފެނުނީ ކުރިންވެސް ފެނުނު ގޮތަށް ރީތިވެގެން ހުއްޓައެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާ އެކު ޖިންސެކެވެ. މުސްކާންއަށް ޔަގީންވަނީ ރިހާން އޮފީހަށް ދަނީ އެ ގަޑީގައި ކަމެވެ. އަދި ރިހާން އަކީ ގިނަވަގުތު ގެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހެއްކަމެވެ. އެންމެ ކުޑަމިނުން ކާ ގަޑިއެއްގައި ވެސް ރިހާންއަކާ ކާމޭޒުދޮށުން ވެސް މުސްކާން އަކާ ދިމާނުވެއެވެ. ރިހާންއާ މުސްކާންއާ އެ ދިމާވި އެއްވެސް ފަހަރަކު ވެސް މުސްކާއާ ދިމާއަށް ރިހާން ބަލައިނުލާތާގައި ހިނިތުންވެސް ވެ ނުލައެވެ. ނުވެސް ފެންނަ މީހަކު ފަދައެވެ. މިއީ މުސްކާން ވަރަށް ހައިރާންވާކަމެކެވެ. އެހެންނަމަވެސް މުސްކާން ބޭނުންވަނީ އެކަން ކަމަކަށް ނަހަދާ ދޫކޮށްލުމަށެވެ. މުސްކާންއަށް ވެސް ރިހާން ނުފެންނަން ވީއެވެ. އެކަހަލަ ބޮޑާމީހުންނާ ދުރުން އުޅުނީމާ އެވީއެވެ. ރިހާން އެހެން އުޅުނަސް އެގޭގައި މުސްކާންއަށް ދަތިކަމެއް އުދަނގޫކަމެއް ނެތެވެ. ހައިދަރާއި އޭނަގެ ބައްޕަ ވެސް އެހާ ރަނގަޅެވެ.

އެ ދުވަހަކީ މުސްކާން އޮފީހަށް ސަލާމް ބުނެފައި ގޭގައި ހުރި ދުވަހެކެވެ. އަނެއްކޮޅުން ވަރަށް ވިއްސާރަ ވެސް ދުވަހެކެވެ. ސްޓަޑީ ބްރޭކަށް ލިބުނު ހަފުތާވީމާ އޮތީ މުޅިންވެސް ކިޔެވުމެވެ. އޮފީހުން ފަސްދުވަހުގެ ޗުއްޓީ ނެގީވެސް އެހެންވެއެވެ. ކޮޓަރީގައި އޮވެ އޮވެ ފޫހިވެގެން އެގޭގެ ޓެރެހަށް ގޮސްލާނަމޭ ހިތާ ކޮޓަރިން ނިކުތެވެ. ބައްޕައާ އެކު އެ ހުރި ފަހަރު ނޫނީ އެގޭގެ ޓެރެހަށް އަދި ދުވަހަކު ވެސް މުސްކާން ނާރައެވެ. އެފަހަރުވެސް ޓެރެހަށް ދިޔައީ އެންމެ ދުވަހަކުއެވެ. ޓެރެސްގައި ހުންނަނީ ގޮނޑި އާއި މޭޒުޖަހާ އެތަން ފަސޭހަކޮށް ސައިޕާޓިފަދަ ކަންކަން ބޭއްވޭގޮތަށް ތައްޔާރުކޮށްފައެވެ. ޓެރެހުގެ އެއްކޮޅުގައި ކޮޓަރިއެއް ހުރެއެވެ. ކޮޓަރީގެ ފާރުގައި ޖެހޭ ހިސާބުގައި ސަންބެޑެއް ވެސް ހުރެއެވެ.

ފަތިހުގެ ހިތްގައިމުކަމުން އުފާހޯދުމަށް މިސްރާބުޖެހީ ޓެރެހަށެވެ. މުސްކާންއަށް ދީފައި އޮންނަ އައިންތުމެން ބައިގެ ތަޅުދަނޑިން ސިޓިންގރޫމުގެ ދޮރު ހުޅުވައިލުމަށްފަހު މުސްކާން ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އެއީ އެބައިން އެކަނި އެރޭގޮތަށް ހުންނަ ސިޑިއެކެވެ. އެހެންކަމުން އެގޭގެ އެހެން ފްލޯރތަކުގައި ތިބޭ ބަޔަކަށް އެ ޓެރެސްއެއް ބޭނުމެއް ނުކުރެވޭނެއެވެ.

ޓެރެހަށް ނިކުމެވޭގޮތަށް ހުންނަ ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނިކުތް މުސްކާންއަށް ވިއްސާރައިގެ ފިނިކަން އިހުސާސް ވުމުން ދެއަތް މައްޗަށް ދަމާލާ މޯޅިއަކަށް ދެމިލިއެވެ. މޫނުމައްޗަށް އުފާވެރިކަމާ ހިނިތުންވުން ވެރިވީ އިޚުތިޔާރުން ބޭރުގައެވެ. އުޑުގެ އެކި ހިސާބަށް ދެމިގެންގޮސްފައިވާ ވިއްސާރަވިލާތަކުގެ ބައްޓަމަށް ނަޒަރުހުއްޓާލައިގެން ހުރި މުސްކާން އެހެން އިރުކޮޅަކު ހުއްޓެވެ. މި ގޮތަށް މިހާ ސާފުކޮށް ވިއްސާރަވިލާތަކަށް ގެއްލިފަ ހުރެވުނީ އަމިއްލަ ރަށުގައި އުޅުނުއިރުއެވެ. ވިއްސާރަ މޫސުމަކީ މުސްކާންއަށް ވަރަށް ހިތްހަމަޖެހުން ލިއްބައިދޭ މޫސުމެކެވެ. އެހެންކަމުން ކޮއްކޮމެނާއެކު ވާރެއާ ތެމުމަކީ އެމީހުން ޢާންމުކޮށްވެސް ކުރާކަމެކެވެ. އުމުރުން ނަވާރަ ފުރިފައި ވިޔަސް މުސްކާން އަކީ ޚިޔާލެއް ފިކުރެއް ނެތް ކުއްޖެކެވެ.

އިރުކޮޅަކުން ޓެރެސްގައި ހުރި އެކި އެއްޗިއްސަށް ވަކިވަކިން ބަލައިލިއެވެ. އިށީންނާނީ ކޮންތާކުތޯ ކަށަވަރުކޮށްލީއެވެ. އެވަގުތު އެއްފަރާތުގައި ހުރި ސަންބެޑް ފެނުމުން އެތެރެއެތެރެއިން ހީނލެވުނެވެ. ދެ އަތަކަށް ނަށާލާފަ ގޮސް އެނދުގައި ފުރަތަމަ އިށީނެވެ. އެއަށްފަހު ދެ އަތް ފަހަތަށް ގެންގޮސް ވިއްދާލާ އަތުގެ ބަރަށް ހަށިގަނޑު ދޫކޮށްލިއެވެ. އެހެން އިރުކޮޅަކު ދެލޯމަރާލައިގެން އިނުމަށްފަހު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެނދުގައި އޮށޯތެވެ. އަދި ފުރަތަމަ ހަށިގަނޑު ތެދަށް ދަމައިލިއެވެ. އެއަށްފަހު ފިނި ފިނި ވައިރޯޅިތައް ހުރަހެއްނެތި އައިސް މޫނުގައި ބީހެން ފެށުމުން ކުޑަކޮށް ކުރުގެޅިލާ ހަމަ ޖެހިލިއެވެ.

ޖެހިޖެހިގެން ދެތިންރޭ އިމްތިހާނަށް ތައްޔާރުވުމަށް ހަމަ ނިދި ނުލިބި ހުރި މުސްކާންއަށް އެނދުގައި ހަމަ ޖެހިލެވުމާއެކު ދެލޯ ބަރުވެ ނިދިއަންނަގޮތް ވެއްޖެއެވެ. އެތާ މުސްކާން އޮތަސް އެއީ މައްސަލައެއް ނޫންކަން އެނގޭތީ ނިދި އަންނަން ފެށުމުން ވެސް މަޑުކޮށްލިއެވެ.

އެ ގޮތަށް މުސްކާންއަށް ނިދިފައި އޮވެވުނީ ކިހާ އިރަކުކަމެއް ނޭނގެއެވެ. ކުއްލިއަކަށް މުސްކަންގެ އުނަގނޑާ ހިސާބުގައި މީހަކު އިށީންހެން ހީވެ އަދި އެ ބަރު އިޙުސާސްވި ހިންދު ނިދިފައި އޮތް މުސްކާން ހަޅެއްލަވައިގެންފައި ތެދުވަން އުޅެގަތެވެ. އަދި ހަމަ އެވަގުތު މުސްކާންގެ ގައިގައި އެ އިށީން މީހަކުވެސް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ތަކުރާރުކޮށް ސޮރީ ސޮރީއޭ ބުނެލިއެވެ. މުސްކާންއަށް ސަންބެޑްން ތެދުވެވުނީކީ ވެސް ނޫނެވެ. ވެއްޓިގަތީއެވެ. އަދި ކުރިމަތީ ހުރި ރިހާން ފެނުމުން އައި ރުޅި ވަކިން ބޮޑެވެ.

”މާ ސޯލިޙު މީހަކަށް ހެދިގެން … އަސްލު ސިފަ މި ފެނުނީނު! ލަދެއް ނުގަނޭތަ ތިހެން އުޅޭކަށް!“ މުސްކާން ހުރީ މާ ބޮޑަށް ވެސް ރުޅިއާދެވިފައެވެ. ހީވަނީ އެގޭ މީހަކީ މުސްކާން ހެންނެވެ. ބޭރުން އެގެއަށް އައިސް ހުރި މީހަކީ ރިހާން ހެންނެވެ.

އަހަރެ….. އަހަރެން .. ނުދެކެން! ނޭނގެ މީހަކު އޮތްކަމެއް!“ ރިހާންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އެވާހަކާގައި ދެއްކުންތެރިކަމެއް އަދި އޮޅުވާލުމެއް ނެތެވެ.

”ނުދެނަހުރީމޭ! ތި ބޮޑު ސިންގާ މީހާއަކަށް ނުފެނޭތަ އަހަރެން މިތާ ނިދިފަ އޮތްތަނެއް!“ މުސްކާންއަށް ވާނެނަމަ ރިހާންގެ ކަންކަށިމަތީ އެތައް އެތިފަހަރެއް ޖެހީހެވެ. އެހެންނަމަވެސް ވަންނާނެ ބޯހިޔަލެއްގެ ޚިޔާލު އައުމުން ހިނގައިގަތީ އެތަނުން ދާށެވެ.

”އަސްލުވެސް އަހަންނެއް ނުދެކެން.!“ ރިހާންގެ އަޑުއިވުމުން މުސްކާންގެ ރުޅިގަނޑު ހައްދުންނެއްޓިއެވެ. އެހެންކަމުން ޚިޔާލު ބަދަލުވެ އެނބުރިލާފަ އައިސް ރިހާންގެ ލޮލުގައިވާ ކަޅުކުލައިގެ އައިނު ދަމައިގަތެވެ.

”މިހިރަ ދެލޮލަށް ނުފެންނަނީތަ!“ ރިހާންގެ މޫނުގެ އެއްފަރާތުގައި އިނގިލި ޖައްސައިލަމުން މުސްކާން ހަޅެއް ލަވައިގަތެވެ. އަދި އަތުގައި އޮތް އައިނު ރިހާންގެ މުށުތެރެއަށް ކޮއްޕާލާފަ ބާރު ބާރަށް ހިނގައިގަތެވެ.

”ތި ހީވީ ރަނގަޅަށް! މި ދެ ލޮލަކަށް ނުފެނޭ!“ އެއީ މަޑުމޮޅި އަޑެެކެވެ. އެ އަޑުގައިވަނީ އެތައް ހާސް ވޭނެކެވެ. އެ އަޑުގެ ވެރިޔާ ގިސްލާ ނުރޮޔަސް އެ ހިތުގައި އަޅަމުންދިޔަ ވޭން އެ ރާގުން އެކަނި ވެސް މުސްކާންގެ ހިނގުން ހުއްޓުވައިލިއެވެ.

”ނުފެނެޔޭ!“ މުސްކާންްްއަށް  އަމިއްލައިން ކިޔައި ލެވުނެވެ. މުސްކާން ހަމަ ބިމަށްތިރިވެ ރުޅިގަނޑު މައިތިރިވީ އިވުނު އެންމެ ލަފުޒަކުންނެވެ. އަސްލުވެސް ރިހާންގެ ލޮލަށް ނުފެންނަނީހެއްޔެވެ! ރިހާން ގޭެތެރެއިން ވެސް ނުފެންނީ މިހެންވީމަހެއްޔެވެ! އަހަންނާ ރިހާން ދިމާވި އެއްވެސް ފަހަރަކު ރިހާންގެ އަސްލު ލޮލެއް ނުދެކެމެވެ. ހުންނަނީ އަވި އައިނު އަޅާފައެވެ. ކުރީ ދުވަހުވެސް އައިސް އަހަރެންގެ ގައިގާ އެ ޖެހިގަނެވުނީ ވެސް …… ކުރިން ހިނގާފައި ހުރި ހާދިސާތައް ތަރުތީބުވެގެން ފަހަރަކު ހާދިސާއެއް މުސްކާންގެ ލޮލުގެ ކުރިމަތިގައި އެނބުރެމުން ނިއުޅެމުން ދިޔައެވެ.

”އަސްލުވެސް ރިހާންއަށް ނުފެންނަނީހެއްޔެވެ! އަނެއްކާވެސް ތަކުރާރުކޮށް މި ޖުމުލް މުސްކާންއަށް ކިޔައި ލެވުނެވެ. އެހެންކަމަށްވަންޏާ އަހަންނަށް މިކުރެވުނީ ވަރަށް ދެރަކަމެކެވެ. މުސްކާން އޭނަގެ މަންމަ ގާތު މިވާހަކަ ބުނެފިއްޔާ….. އެހެންނޫނަސް އަހަރެންވެސް މިވަރު އަރުވާލައިގެން ނުވާނެއެވެ. އަޅެ، އަހަރެން ކިހާ ގޯސްހެއްޔެވެ. ރިހާންގެ ހިތަށް އަރާނީވެސް ކީކޭ ހެއްޔެވެ. އަސްލު ރުޅިއަންނަށް ހައްޤީ ވެސް އޭނާއެވެ.

ދެ ފިކުރެއްގައި ހުރި މުސްކާން ރިހާން ގާތަށް ދާން ހިނގައިގަތެވެ. އެހެންމަަވެސް އެ ޚިޔާލު ބަދަލުވެ އަލުން އައިކޮޅަށް އަނބުރާލާފައި ގޮސް ސިޑިން ފައިބާފިއެވެ. ރިހާންގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް މުސްކާންއަކަށް  ނުލިބުނެވެ.

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: ހިމޭން ލޯބި

ކުރު ވާހަކަ: ހިމޭން ލޯބި

މާރޗް 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

މާރޗް 28, 2023
ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

ކުރު ވާހަކަ: ހަޔާތުގެ ގަނޑުވަރު

މާރޗް 27, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In