އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑްއަށް ނިކުތް ބަތަލާ ސޯނަމް ޙާން އަލުން އެނބުރި ބޮލީވުޑްއަށް އަންނަ ވާހަކް އޭނާ ހާމަކޮށްފިއެވެ.
އުމުރުން 50 އަހަރުގެ ސޯނަމް ހާމަކޮށްފައިވާ ގޮތުގައި އޭނާ ހުރީ ދާއިރާއަށް އެނބުރި ނިކުންނަން ތައްޔާރަށް ކަމަށާއި އޭނާ އަބަދުވެސް އެކްޓު ކުރަން ބޭނުންވާ ކަމަށެވެ.
ސޯނަމް މި ދާއިރާއިން ދުރަށް ގޮސްފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅުގައި މީހަކާއި އިނދެ ދިރިއުޅުން އިންޑިއާއިން ބޭރަށް ބަދަލުކުރުމާއި އެކުއެވެ. އެގޮތުން އޭނާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ދާއިރާއިން ދުރަށް ގޮސްފައެވެ.
ސޯނަމް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އާއިލާ އާއި ދަރިފުޅުގެ ފަރާތުން ވެސް އެނބުރި ދާއިރާއަށް ނިކުންނަން ވަރަށް ހިތްވަރު ލިބޭ ކަމަށެވެ. ސޯނަމްގެ ފުރަތަމަ ހިންދީ ފިލްމަކީ ބޮޑު ކާސްޓެއް ހިމެނޭ 1988 ގެ ”ވިޖޭ“ އެވެ.