އަވަށްޓެރި އިންޑިއާގެ މުމްބާއީގެ މަރާތި މީޑިއަމް ސުކޫލުގެ 13 އަހަރުގެ އަންހެން ދަރިވަރަކަށް ކްލާސްރޫމް ތެރޭގައި ޖިންސީ ފުރައްސާރަ ކޮށްފިކަމަށް އެގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އެގައުމުގެ މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ ފުރައްސާރަކޮށްފައިވަނީ އެއްކުލާހެއްގައި އުޅޭ ދެ ފިރެހެން ކުދިން ކަމަށެވެ.
މި އަންހެން ކުއްޖާގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި އަންހެން ކުއްޖާ، އާއިލާއަށް މި ވާހަކަ ހިއްސާ ކޮށްފައިވަނީ އޭގެ 3 ދުވަސް ފަހުން ކަމަށާއި ކްލާހުގެ އެހެން ދަރިވަރުން ޑާންސް ޕްރެކްޓިސްއަށް ދިޔަ ވަގުތު ބަލާފައި މި ދެ ފިރެހެން ކުދިން އެކުއްޖާއަށް ބެހިފައިވާ ކަމަށެވެ. އަދި އެވާހަކަ އެއްވެސް މީހެއް ކައިރީ ބުނުމަށް އެއަންހެން ކުއްޖާއަށް ވަނީ އިންޒާރުވެސް ދީފައި ކަމަށެވެ.
އާއިލާއަށް މިވާހަކަ ކިޔައި ދިނުމާއިއެކު ފުލުހުން އަދި ސްކޫލުގެ މެނޭޖްމަންޓްއަށް އަންގާފައިވާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ސްކޫލު މެނޭޖްމެންޓަށް ވީ ޝޮކެއް ކަމަށާއި މި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ސްކޫލުން ވަނީ ހާމަކޮށްފައެވެ.