ބޭރުގެ ޙަބަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަހަރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ ތަށި ”އަންވެއިލް“ ކުރާނީ ބޮލީވުޑްގެ މަޝްޙޫރު ބަތަލާ ދީޕިކާ ޕަޑުކޯންއެވެ.
އެގޮތުން 18 ވަނަ ދުވަހު ބާއްވާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން ޓްރޮފީ ދައްކާލާނީ ދީޕިކާގެ އަތުން ކަމަށާއި އަދި މި ހަރަކާތުގައި ބައިވެރިވުމަށް ދީޕިކާ ވަރަށް އަވަހަށް ގަތަރަށް ފުރާނެ ކަމަށް ވެސް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިވާހަކަ ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއަހަރުގެ ވޯލްޑް ކަޕް އަށް ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތޭހީ ވެސް ވަނީ ލަވައެއް ކިޔާފައެވެ. އެގޮތުން ގަތަރުގައި ބޭއްވި ފޭން އިވެންޓެއްގައި ވެސް ނޯރާ ވަނީ ބައިވެރިވެފައެވެ.
އެހެން ކަމުން ނޯރާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕް ލަވައެއް ކީ ފުރަތަމަ ބޮލީވުޑް ފަންނާނަށެވެ.