ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލް ކާތިކް އާރްޔާން ތެލޫގޫ ފިލްމު ކުޅޭނެ ކަމަށް ހާމަކޮށްފިއެވެ.
އެގޮތުން ކާތިކް ހާމަކޮށްފައިވާ ގޮތުގައި އޭނާ އަބަދުވެސް ފިލްމު ކުޅެން ބޭނުންވާ ކަމަށާއި އޭނާ އެގޮތުން އޭނާ ހުރީ ތެލޫގޫ އަދި ތަމަޅަ ފިލްމު ވެސް ކުޅެން ތައްޔާރަށް ކަމަށެވެ.
އެ ފިލްމު ވާން ޖެހޭނީ ރަނގަޅު ސްކްރިޕްޓެއްގެ ފިލްމަކަށް ކަމަށާއި ބޮލީވުޑެކޭ އެއްގޮތަށް އެ ބަސްބަހުގެ ފިލްމުތަކަށްވެސް އޭނާގެ އެންމެ ބެސްޓު ދޭނެ ކަމަށެވެ. އެގޮތުން ތެލޫގޫ ފިލްމަކީ ވެސް ބޮލީވުޑް އެކޭ އެއްފަދައިން ކާމިޔާބު ފިލްމު ތަކެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކާތިކް އަކީ މިއަހަރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. ރިޕޯޓް ތަކުން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް 2 އަހަރު ތެރޭގައި ކާތިކް އަކީ ޝާޙް ރުކް ޙާން ފަދަ ބަތަލް އަކަށް ވާނެ ކަމަށް ބެލެވޭ ކަމަށާއި ކުރިއަށް އޮތް ދެ އަހަރަކީ ވެސް އޭނާ އަށް ބިޒީ ދެ އަހަރު ކަމަށެވެ.