ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާންގެ ކުރިއަށް އޮތް ފިލްމު ޕަތާން އެތައް ގައުމެއްގައި ޝޫޓްކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިން ވަނީ ޖުމްލަ 9 ގައުމެއްގައި ޝޫޓް ކޮށްފައެވެ. އެގޮތުން މި ފިލްމު ވަނީ އިންޑިއާގެ އިތުރުން ސްޕެއިން، އިޓަލީ، ޔޫއޭއީ، ތުރުކީ، ރަޝިއާ، ސައިބީރިއާ، އަފްގާނިސްތާން އަދި ފްރާންސްގައި ޝޫޓްކޮށްފައެވެ.
މި ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ، އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު އަންނަ މަހުގެ 25 ގައި ސިނެމާ ތަކުގައި އަޅުވަން ވަނީ ނިންމާފައެވެ.
މި ފިލްމަކީ 5 އަހަރަށް ފަހު ޝާޙް ލީޑް ރޯލުން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގައި ޝާޙްގެ އިތުރުން ބަތަލާ ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ވެސް ލީޑް ރޯލުން ފެނިގެން ދާނެއެވެ.