މި ޤައުމުން ގެއްލިގެންދާ މިނިވަންކަމުގެ ކޮންމެ ޙައްޤަކަށް ސިފައިންގެ ޖެނަރަލުން ޖަވާބުދާރީ ކުރުވާނެކަން ކަށަވަރުކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލްއަށް އަމާޒު ކުރައްވައި ކުރެއްވި ޓުވީޓެއްގައި ނަރީޝް މިރޭ ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ ޝަރަފުވެރި މުއައްސަސާއަކީ ދިވެހި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެހެންކަމުން މަޤާމުގެ ދިފާއުގައި އެ މުއައްސަސާގެ ޝަރަފާއި އިއްޒަތް ވެއްޔާއި މޮޑެނުލުމަށާއި ރައްޔިތުން ސިފައިންނާއި މަތިކުރި ޤައުމީ ޒިންމާއިން ބަރީޢަނުވުމަށް ޝަމާލަށް ގޮވައިލައްވައިފައެވެ.
”މަގާމުގެ ދިފާއުގައި އިންޑިއާއަށް ޤައުމުގެ ހުނގާނު ދީލާލައި ނުލާށެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ދުވަސް އަންނާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.“
ނަރީޝް ވިދާޅުވީ މި ޤައުމުން ގެއްލިގެންދާ މިނިވަންކަމުގެ ކޮންމެ ހައްޤަކަށް ރަނުން ރަނަށް ސިފައިންގެ ޖެނަރަލުން ޖަވާބުދާރީ ކުރުވާނެކަން ކަށަވަރު ކަމަށެވެ.