ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރުން ޖެހިލުންވަނީ ކީއްވެތޯ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސުވާާލު ކުރައްވައިފިއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށާއި ނިޒާމީ ވޯޓެއް ނަގަން ކޯލިޝަން ޕާޓީތަކުން އޭރު އެއްބަސްވެފައެއް ނެތް ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
އެ ގޮތުން ވައްޑެ ކުރެއްވި ޓުވީޓެއްގައި ވަނީ ނިޒާމު ކަނޑައެޅުމުގެ އާއްމު ވޯޓަކަށް ދާން ސަރުކާރުން މިހާ ޖެހިލުންވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފައި މިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ނިޒާމު ބަދަލުކުރުމަށް ވޯޓަކަށް ދިއުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ދާދިފަހުން މަޖިލީހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް ވޯޓު ނުނަގައެއް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަކަށް އަންނި ޖެހިލުންވަނީ ކީއްވެބާ
ބޭނުނުވާޠީ
ނިޒާމީ ވޯޓެއްލާން ރައްޔިތުން ބޭނުމެއްނޫން ކޮބާސަބަބަކީ ރަތްޔިތުން ވޯޓްލައިގެން ނިންމާފަ އޮތްކަމަކައްވާތީ ވަކިމީހަކު ބޭނުންވާއިރަކައް އެކަމެއް ހިއެއްނުވޭބަދަލު ބަދަލު ކުރެވިދާނެހެން. އެހާ ހަރުދުބޮޑުވާނެ މިހާރުވެސް ރަތްޔިތުން ނަގާޓެކްސްވެސް އެދަނީ އޭތިމީތި ކިޔާފަ ބޮޑުކުރަމުން…!!!