ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބްރެޒިލް- ކެމަރޫން: މިރޭގެ ރީތި މެޗު

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޑިސެމްބަރ 2, 2022
ކުޅިވަރު
0
ބްރެޒިލް- ކެމަރޫން: މިރޭގެ ރީތި މެޗު

ޤަޠަރުގައި ކުޅެމުންދާ ވޯލްޑް ކަޕް 2022ގައި މިރޭ 8.00ގައި ދެމެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ދެކުނު ކޮރެއާ- ޕޯޗުގަލް، މެޗާއި ގާނާ- އުރުގުއޭ މެޗެވެ. އަދި މިރޭ 12.00ގައި ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ސާބިއާ- ސްވިޒަލޭންޑް، މެޗާއި ބްރެޒިލް- ކެމެރޫން ބައްދަލު ކުރާ މެޗެވެ.

ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ މިރޭ ކުޅޭ ރީތި މެޗަކަށް ވާނެ ބްރެޒިލް- ކެމަރޫންގެ މެޗަށެވެ.

ވޯލްޑް ކަޕް 2022ގެ ގަދަ 16އަށް ދަތުރުކުރުމަށް ކެމަރޫނަށް ކުރިމަތިލާން ޖެހިފައި ވަނީ ވަރަށް ބުރަ އަދި އުނދަގޫ މަސައްކަތަކާއެވެ. ކެމަރޫނަށް ޖެހެނީ ޤަޠަރުގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި މިރޭ 12.00ގައި ކުޅެން ނިކުމެ ބްރެޒިލް ބަލިކުރާށެވެ. ބްރެޒިލްއަކީ 5 ފަހަރަށް ވޯލްޑް ކަޕް ހޯދުމުގެ އިތުރަށް މި ފަހަރުގެ މުބާރާތުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ ގައުމެވެ.

ހީކުރި ގޮތަށް ބްރެޒިލުން ވަނީ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދައި، 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާ ކެމަރޫންގެ އުއްމީދަކީ ބްރެޒިލް އަތުން މޮޅުވުމެވެ. އަދި މިރޭ ކުޅޭ ގްރޫޕްގެ އަނެއް މެޗުގައި ސްވިޒަލޭންޑް އަތުން އެއް ލަނޑުގެ ތަފާތަކުން ސާބިއާ ބަލިވުމެވެ.

ސްވިޒަލެންޑް އަތުން 1-0 އިން ބަލިވެ ކެމަރޫން ގްރޫޕް ސްޓޭޖު ފެށިއިރު، ކެމަރޫން ކޮޅަށް ލަނޑު ޖެހީ އެ ގައުމަށް އުފަން އެހެނަސް މިހާރު ސްވިޒަލެންޑްގެ ރައްޔިތެއްކަމަށްވާ ބްރީލް އެމްބޯލޯ އެވެ.

ލަނޑެއް ޖެހުމަށް ފަހު ބުރެޒިލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބްރެޒިލްއާ ވާދަކުރުމަކީ ކެމަރޫންގެ ކުޅުންތެރިން ކިތަންމެ ހިތްވަރުގަދަވިޔަސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ބްރެޒިލްއަކީ ކުޅުންތެރިން ގުޅިގެން ހިތްވަރާއި ނަތީޖާ ނެރޭ ގައުމެކެވެ. ކެމެރޯންއަކީ ދުވެގެން، މަސައްކަތްކޮށްގެން މޮޅުވާ ޓީމެކެވެ. އެހެން ވުމުން ބްރެޒިލް ކަހަލަ ޕާސް ގިނަ ކުޅުމެއް ކުޅޭ ޓީމަކާއެކު ކުޅޭ އިރު، ކެމަރޫންއަށް ޖެހޭނީ އަބަދު ބޯޅަފަހައި ދުވާށެވެ. ބޯޅަ ލިބޭއިރު އެއަށް މޮޅު ގޮތެއް ހަދާވަރުގެ ބުންވަރެއް ނުހުންނާނެއެވެ.

ބްރެޒިލްގައި އޮތީ ވަރަށް ”ބެލެންސް“ ޓީމެކެވެ. ކުރިއާއި ފަހަތާއި މެދުތެރެއާއި ގޯލް ބެލެހެއްޓުމުގައި ވެސް ބަލިކަށިކަމެއް އުނިކަމެއް ނެތެވެ. ނަމަވެސް ގޯހެއް ހެދިދާނެއެވެ. ބައިކޮޅަށް ލަނޑެއްވެސް ޖެހިދާނެއެވެ. ނަމަވެސް އެމީހުންގެ އާދައިގެ ކުޅުމެއް މެޗުގައި ދެއްކުނަސް ކެމަރޫން ކޮޅަށް 2 ލަނޑު ޖަހާކަށް އުނދަގުލެއް ނުވާނެއެވެ.

ބްރެޒިލް ޓީމުގައި މިރޭ ވެސް ނޭމާއެއް ނެތެވެ. އަނިޔާ ލިބިފައިވާ އޭނާގެ ކަނައަތު ފައިގެ ކުޑަހުޅަށް ދަނީ ބޭސްފަރުވާ ކުރަމުންނެވެ. ގަދަ 16ގައި ކުޅޭ ފުރަތަމަ މެޗަށް އޭނާ އެރުމަކީ ބްރެޒިލްއަށް ލިބޭ ހިތްވަރަކަށް ވާއިރު އެއީ ބެލުންތެރިންނަށް ލިބޭ ޚާއްޞަ އުފަލަކަށް ވެސް ވެގެންދާނެއެވެ.

މޮޅުވާން ޖެހޭ މި މެޗުގައި ކެމަރޫނުން ވޯލްޑް ކަޕްގައި ފުރާނަ ދެމެހެއްޓުމަށް ބޮޑު ހަނގުރާމައެއް ކުރަންޖެހިފައިވާއިރު ބްރެޒިލް ބޭނުންވާނީ އަނިޔާއެއް ނުވެ ގަޔާއި ދުރަށް ކުޅެގެން ބަލިނުވުމަށެވެ. އެކަން ކުރަން ކޯޗު ޓީޓޭ ގަދަ 11ގައި ނުހިމެނޭ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ވިސާ ހަމަޖެހި ޕާކިސްތާނުގެ ކްރިކެޓް ޓީމް އިންޑިޔާއަށް ހިނގައްޖެ

ވިސާ ހަމަޖެހި ޕާކިސްތާނުގެ ކްރިކެޓް ޓީމް އިންޑިޔާއަށް ހިނގައްޖެ

އޮކްޓޯބަރ 2, 2023
ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ސެޕްޓެމްބަރ 14, 2023
ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ސެޕްޓެމްބަރ 14, 2023
އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

ސެޕްޓެމްބަރ 4, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In