ބޮލީވުޑްގެ މަޝްޙޫރު ނެށުންތެރިޔާ މަލައިކާ އަރޯރާ ބަލިވެ އިންކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް އޭނާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރު ހާމަކޮށްފިއެވެ.
އެގޮތުން ބޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ ޕިންކް ވިލާގައި އެފަދައިން ހާމަކޮށްފައިވަނީ އެއްވެސް ހަގީގަތެއް އަސްލެއް ބެލުމެއް ނެތި ކަމަށާއި މަލައިކާ ބަލިވެ އިން ކަމަށް ބުނެ އެފަދައިން ހަބަރު ގެނެސްދޭވީ ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށް ވެސް އަރްޖުން ވަނީ ހާމަކޮށްފައެވެ.
މަލައިކާގެ އިންސްޓަރގްރާމް އެކައުންޓުގައި ވެސް މިކަމާއި ގުޅިގެން ވަނީ އެ ނޫހަށް ފާޑު ކިޔާފައެވެ. އެގޮތުން އެ ލިޔުނު ނޫސްވެރިޔާ ނިކިތާ ދަލްވީ އަށް ވަރަށް ބޮޑަށް މަލައިކާ އެއްޗެހި ކިޔާފައިވެ އެވެ.
އަދި އެ ނޫސްވެރިޔާ އަކީ ތަކުރާރުކޮށް އެފަދަ ތާކުންތާކު ނުޖެހޭ ހަގީގަތާ ހިލާފު ވާހަކަައް ފަތުރާ ނޫސްވެރިއެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނިކިތާ އާންމުކޮށް ފަތުރަނީ އޭނަ އެ ފަތުރާ އަސްލެއް ނެތް ވާހަކަތަކަށް ބަޔަކު އަޅާނުލާތީ ކަމަށް ވެސް ބުންޏެވެ.