ބޮލީވުޑްގެ ބަތަލް ޝާޙް ރުކް ޙާން ޢުމުރާގެ އަޅުކަން އަދާކޮށްފިއެވެ.
އެގޮތުން ޝާޙްގެ ކުރިއަށް އޮތް ފިލްމު ”ދުންކީ“ގެ ޝޫޓިންއަށް ސަޢުދީ އަރަބިއްޔާއަށް ކުރި ދަތުރުގައި ޝޫޓިން ނިންމާލުމަށް ފަހުގައި އޭނާ ވަނީ ޢުމްރާގެ އަޅުކަން ވެސް އަދާކޮށްފައެވެ.
ޝާޙް ޢުމްރާގެ އަޅުކަމުގައި އުޅޭ ފޮޓޯ ތަކާއި ވޯޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ގިނަ އަދެދެއްގެ ސަޕޯޓަރުން ދަނީ ޢުމްރާގެ އަޅުކަން އަދާ ކުރުމުން ޝާޙްގެ ދީން ދެކެ ވާލޯބި ހާމަވާކަމަށް ބުނެ އެ ފޮޓޯތައް ވައިރަލް ކުރަމުންނެވެ.
ފޮޓޯ ތަކުން ފެންނަ ގޮތުގައި ޝާޙް ޢުމްރާގެ އަޅުކަމުގައި އުޅޭ އިރު އޭނާގެ ސެކިޢުރިޓީ ބަލަހައްޓަން ސެކިއުރިޓީ މީހުން ވެސް ހަރަކާތް ތެރިވާތަން ފެނެއެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ޢުމްރާގެ އަޅުކަމަށް ފަހުގައި ރެޑް ސީގެ ފިލްމު ފެސްޓިވަލް އަށް ޖޭޑާއަށް ޝާޙް ދާން ވަނީ ނިންމާފައި ކަމަށެވެ.