ރާއްޖެ އެތެރެކުރި 1.34 ކިލޯގެ ޑްރަގް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގަތީ ނެދަލޭންޑުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ތެރޭގައި ޑްރަގް ހުރިކަމުގެ ޝައްކު ކުރެވޭތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ޕާރުސަލް ބަލައި ފާސްކުރުމުގެތެރޭގައި ކަމަށެވެ.
އޭގެތެރޭގައި ހުރީ 304 ގްރާމްގެ މެފެޑްރޯން އަދި 1034 ގްރާމުގެ ހެރޮއިިނެވެ. އެ ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް ޑްރަގް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.