ބުދަ, ޖޫން 7, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޖޭއެސްސީގެ އިންޒާރު މަހާޒަށް: އެއްބާރުލުން ނުދިނަސް ދަރަޖައެއް ގިންތިއެއް ނުބަލައިި މައްސަލަ ބަލާނަން

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ޑިސެމްބަރ 1, 2022
ޚަބަރު
0
ޖޭއެސްސީގެ އިންޒާރު މަހާޒަށް: އެއްބާރުލުން ނުދިނަސް ދަރަޖައެއް ގިންތިއެއް ނުބަލައިި މައްސަލަ ބަލާނަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް މީޑިއާ މެދުވެރިކުރައްވައި މަޢުލޫމާތު ފަތުރުއްވަމުން ގެންދެވި ނަމަވެސް ވަކި ދަރަޖައެއް ގިންތިއެއް ނުބަލައިި މައްސަލަ ބަލާނެކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަހާޒަށް އިންޒާރެއް ދީފިއެވެ.

ފަނޑިޔާރު މަހާޒަކީ ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ބާތިލުކުރި ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ.

މަހާޒާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާއަކީ ރައީސް ޔާމީންގެ މައްސަލައިގައި ވަކި ގޮތަކަށް ޙުކުމްކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޝަކުވާއާގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒުކުރެއްވި ކަމަށެވެ. އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ޚަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި މަހާޒު އިޖާބަދެއްވާފައި ނުވާ ކަމަށެވެ.

މަހާޒު އޭރު އެ މައުލޫމާތު ހާމަނުކުރެއްވީ އެ ވަގުތު އެ މައުލޫމާތާއި ލިޔެކިޔުން އޭނާގެ އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަޙްޤީޤު ނިމުމުންކަމަށް ޖޭއެސްސީން ބުންޏެވެ.

”މިހެންވެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނު. މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާތީއާއި މި ފަދަ ތުހުމަތުތަކުގެ ޙަޤީޤަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަޙްޤީޤުކުރަން މި ކޮމިޝަނުން ނިންމީ.“ ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ މައުލޫމާތު ސާފުކުރި މަރުހަލާގައި މިޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު މަހާޒަށް ލިބިވަޑައިގަތް ކަމަށާއި ނަމަވެސް އެ މައުލޫމާތު ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކުރައްވާފައިނުވާ ކަމަށެވެ.

އެ ޝަކުވާއާ ގުޅިގެން ފަނޑިޔާރުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށްކަން މިކޮމިޝަނުން ފާހަގަކުރަމެވެ.“ މައްސަލަ ބަލަން ނިންމުމުން މަހާޒު މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ވާހަކަތަކަށް ޢިޝާރަތް ކުރަމުން ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު އެ ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭ ބައެއް ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަހާޒަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ ކޮންމެ ދުވަހަކު ވެސް މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު މެންދުރުގެ ފަރިއްކޮޅެއް އަމިއްލަ ޚަރަދުގައި ގެންނަވާ ކަމަށާއި އެ ގޮތަށް ދައުރުވަމުން ގޮސް ޔާމީންގެ ޙުކުމް ބާތިލުކުރި ދުވަހު ތަނަކަށް އޯޑަރުކުރައްވައިގެން އެއްޗެއް ގެންނެވީ އޭނާ ކަމަށެވެ.

”ކާތަކެތި ގެނައީ ކޮންތަނަކުންކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި. މީރު ވާހަކަ ވެސް ބުނި. ކެއުމުގެ އިންތިޒާމު ހިމެނޭހެން މާދަމާ ޝަރީޢަތް އޮންނަނަމަ މިރޭ މާދަމާގެ ހުރިހާކަމެއް އޮންނާނީ ދުރާލައި ނިމިފައި. މިއީ ސިއްރަކުން ކުރި ކަމެއް ނޫން.“

ކާއެއްޗެހި ގެންނެވީ އަމިއްލައަށް ޚަރަދު ކުރައްވާފައި ކަމަށާއި ފައިސާ ދެއްކެވިސްލިޕް ވެސް އެބައޮތް ކަމަށް މަހާޒް ވިދާޅުވިއެވެ އަދި އެއީ ވަކި ޚާއްސަ ކާ އެއްޗެއް ވެސް ނޫން ކަމަށާއިި ހިލޭ ނުވަތަ ނުއަގުގައި ގެންނެވި އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މަހާޒް ވިދާޅުވީ އޭނާ އަމިއްލައަށް އޯޑަރު ދެއްވުމުން އޯޑަރު ދިން ތަނުން ގުޅާނީ އޭނާއަށްކަމަށް ވާތީވެ އިދާރީ ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަންބަރު ދެއްވި ކަމަށާއި މިއީ ކަން ހިނގައި ދިޔަ ގޮތް ކަމަށެވެ.

Tags: ޖޭއެސްސީ

ގުޅުންހުރި ލިޔުންތައް

ލަސްވި ހުކުމުގެ ރިޕޯޓު ހަވާލުކޮށްފި

ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ކުރައްވާފައެއް ނުވޭ، ސަމާސާއެއް ކޮށްލެއްވީ: ޖަމީލް

ޖޫން 7, 2023
2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

ޖޫން 7, 2023
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

ޖޫން 7, 2023
މީހަކު ނިޔާވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ކިޔައިދީފި

މިދުވަސްވަރު ބުރިޖާއި ލިންކް ރޯޑުގައި ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

ޖޫން 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In