އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޓެކްސް ރޭޓްއަށް ގެނެވުނު ބަދަލުގެ އަސަރެއް ފަތުރުވެރިކަމަކަށް ނުކުރާނެ: މިއުވާން

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 1, 2022
ޚަބަރު
0
އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށް ވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޓީޖީއެސްޓީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަކަށް ނޭދެވޭ އަސަރެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިއުވާންގެ ވާހަކައިގައި ފަތުރުވެރިކަމުގެ ނެގޭ ޓެކްސް ޓީޖީއެސްޓީ ބޮޑުކުރުމުން ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެކަމަށާއި ޓެކްސް ރޭޓަށް ބަދަލު ގެންނަން ޖެހޭކަން އައިއެމްއެފްގެ ރިޕޯޓުން ވެސް އެނގެން އެބައޮތްކަމަށް ވިދާޅުވެ ސަރުކާރުން ފިޔަވަޅުތައް އަޅަނީ އިޤްތިސާދު މެނޭޖްކުރުމަށްކަމަށް ވިދާޅިވިއެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރީ ކުއްލިޔަކަށް ނޫން ކަމަށާއި ޓެކްސް ބޮޑުކުރީ އިމްޕެކްޓް އެސެސްމަންޓްތަކަކަށްފަހު ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ފަތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އޭރު ދިން އެއްބާރުލުން، މި ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރުމަށް ވެސް ބޭނުންވާ ކަމަށެވެ. އަދި އެ އެއްބާރުލުން ހުރިހާ ފަރާތްތަކުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މިއުވާން ވިދާޅުވީ ދައުލަތުގެ ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކޮށް ބޭރު ފައިސާގެ ރިޒަރވް ރަނގަޅުވެގެން ދިއުން ކަމަށެވެ. މި ދަނޑިވަޅުގައި ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ ރިޒަރވްއަށް ވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށާއި، އަންނަ އަހަރު އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ޖީއެސްޓިއަށް ގެނެވޭ ބަދަލާއެކު އިންފްލޭޝަން 5.5 އިންސައްތައިގައި ހުންނަ އިރު އަވަށްޓެރި އެހެނިހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ދަށް ކަމަށެވެ.

ޓެކްސް އަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.

ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ދަށްވާނެ ކަމަށް ބުނެ ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން ލިބެން އޮތް އާމްދަނީގެ ތެރެއިން އެކަނިވެސް 50 މިލިއަން ޑޮލަރު މަދުވާނެ ކަމަށާއި ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން އަލުން މުރާޖައާކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް އޮފީސްފަތުރުވެރިކަންޓެކްސް

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In