ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހައިކަލް އުފެއްދި ގޯ ކާޓްގެ ވީލު އިން ދޭހަކޮށްދެނީ އަމިއްލަ އުފެއްދުމެއް ވުޖޫދަށް ނެރެވިދާނެކަން

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ޑިސެމްބަރ 1, 2022
ޚަބަރު
0
ހައިކަލް އުފެއްދި ގޯ ކާޓްގެ ވީލު އިން ދޭހަކޮށްދެނީ އަމިއްލަ އުފެއްދުމެއް ވުޖޫދަށް ނެރެވިދާނެކަން

މިއީ އދ.ދަނގެއްޗައް އުފަން ހައިކަލް ހަސަން އޭނާގެ އަމިއްލަ ވިސްނުމަށް ތައްޔާރުކުރި އެއްގަމު އުޅަނދެކެވެ. ދަނގެތި ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ ހައިކަލް ބުނިގޮތުން އޭނާ އެންމެ ކުޑައިރުންސުރެ މިފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރެއެވެ. އެއީ ހައިކަލްގެ އާއިލާ އެންމެނަކީ މިފަދަ މަސައްކަތް ކުރާ ބަޔަކަށްވާތީކަމަށް އޭނާ ބުނެއެވެ. ހައިކަލްގެ ބައްޕައަކީ އިންޖިނިއަރެކެވެ. އިންބޯޑް އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކާވެސް ފަރާތެއްމެއެވެ. ކަފާއަކީވެސް އިންޖީނުގެ މަސައްކަތް ކުރާފަރާތެކެވެ.

ކާފަ އާއި މާމަ ގާތުގައި ދިރިއުޅޭ ހައިކަލް ބުނީ މި ކާރުގެ ޑިޒައިން އެންމެ ވައްތަރު ވަނީ ”ގޯ ކާޓް“ އަކާއި ކަމަށެވެ. ދެމީހަކަށް އެރޭ ގޮތަށް ހަދާފައިވާ މި އުޅަނދު ހެދުމަށް ބޭނުން ކުރީ ފެން ޕަންޕެއްގެ އިންޖީނަކާއި، ބަރޯއެއްގެ ފޮރޮޅަކާއި ނުހެދިފައި ހުރި ސައިކަލެއްގެ ގިއަރު ބޮކްސްއެކެވެ. އަބަދުވެސް އަމިއްލަ އުފެއްދުމެއް ވުޖޫދަށް ނެރެން ބޭނުންވާ ހައިކަލް ހެދި ގޯ ކާޓްގެ ވީލު ހަދާފައިވަނީ ކުޑަކުދިން ދުއްވާ 10 އިންޗި ބައިސްކަލެއްގެ ފުރޮޅެއް ބޭނުންކޮށްގެންނެވެ. ގެގަނޑު ހަދާފައިވަނީ އެސްއެސް ހޮޅިންނެވެ. ކާރުގެ އެހެނިހެން ބައިތައް ހަދާފައިވަނީ ދަނގަޑު ހޮޅި ބޭނުންކޮށްގެންނެވެ.

ގްރޭޑް 10 ގައި ކިޔަވަމުންދާތީ ސީދާ މި އުޅަނދު ހެދުމަށް އޭނާއަށް ގިނަވަގުތު ނުދެވުނުކަމަށާއި، މި މަސައްކަތައް އެކަނި ވަގުތު ހުސްކޮށްގެން ކުރިނަމަ ހަފްތާއެއްހާ ދުވަސްތެރޭގައި މިކަން ނިންމާލެވޭނެކަމަށް ހައިކަލް ބުނެއެވެ.

ހައިކަލް މިކާރު ހެދީ 3 ހަފްތާއިންނެވެ. ފަސް ގިއަރު ހިމެނޭ މި އުޅަނދު ގަޑިއަކު 30 މޭލަށް ދުވާކަމަށް ހައިކަލް ބުންޏެވެ. ހައިކަލް ބުނީ ފަސްވަނަ ގިއަރަށް ލައިގެން ދުއްވާލެވޭވަރުގެ ހަމަހަމަ މަގެއް ދަނގެތީގައި ނެތްކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހައިކަލްގެ ފޮޓޯތަކާ ވީޑިއޯތަކަށް ތައުރީފްގެ ބަސްތައް ދަނީ އޮހޮރެމުންނެވެ. ހައިކަލް ހެދި މިކާރުން އޭނާގެ ހުނަރު ހުރިކަން ސާބިތުކޮށްދީފިއެވެ. ހައިކަލްގެ އަމާޒަކީ މިއަށްވުރެ ރަނގަޅު އުފެއްދުމެއް ހެދުމެވެ. ހައިކަލް ބުނީ މިފަހަރު ހެދި ކާރުގައި މީޓަރު ނެތަސް ދެން ހަދާ މިފަދަ އުފެއްދުމެއްގައި މީޓަރާ ޝޮކްވެސް ހިމަނައި، މަގުތަކުގައި ދުއްވާ، މުދާ އުފުލޭވަރުވާނެކަމަށެވެ.

އިންޖިއަރިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ހައިކަލް ބުނެފައިވަނީ ކުޑައިރު އޭނާގެ ބައްޕަ އަބަދުވެސް ވޯކްޝޮޕްގައި އިންޖީނެއް ރޫޅައިގެން މަސައްކަތް ކުރާކަމަށާއި، އެތަނަށްގޮސް އުޅޭއިރު އިންޖީނުގެ ބައިތަކާއި ރާވާގޮތާއި، ބޯލްޓާ ނަޓު އެޅުވުން ފަދަ ކަންކަން ކާފަ އާއި ބައްޕަ ކިޔައިދޭކަމަށެވެ. އަމިއްލައަށް ވެލްޑިން ކުރަން އެނގޭ ހައިކަލް ބުނީ ކާރުގެ ކުޑަކުޑަ މަސައްކަތް ފިޔަވައި ހުރިހާ މަސައްކަތެއް ކުރީ އޭނާ އަމިއްލައަށްކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މަޖިލިސް އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް މަޖިލީހުގައި މަސައްކަތް ކުރިއަށްގެންދަން ނިންމައިފި

އިންތިޚާބީ ރައީސް ހުވާކުރުމުގެ ޖަލްސާ ބާއްވަން މަޖިލީހުން ތައްޔާރުވާން ފަށައިފި

އޮކްޓޯބަރ 2, 2023
ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

އޮކްޓޯބަރ 2, 2023
ސައްހަ 3,000 ފޯމު އެބައޮތް، ހުއްދަ ނުދެނީސް އީސީން ނުނިކުންނާނަން: ޑިމޮކްރެޓްސް

ނިޒާމީ ވޯޓުގެ ކަންކަން ޑިމޮކްރެޓްސްއިން ކުރާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ޙަސަން

އޮކްޓޯބަރ 2, 2023
މާލެ ތަރައްޤީ ކުރީ އެހެން ހުރިހާ އަތޮޅުތަކެއްގެ މީހުންގެ ޚަރަދުގައި: އާޒިމާ

ވެރިކަން ބަދަލުވުމާ ދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ: އާޒިމާ

އޮކްޓޯބަރ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In