ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މާލޭގެ އެއްގަމުގައި ޖަހާ ތިލަމާލެ ބްރިޖްގެ ތަނބުގެ މަސައްކަތް ނިމިއްޖެ: ޕްލޭނިންގ މިނިސްޓްރީ

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ޑިސެމްބަރ 1, 2022
ޚަބަރު
0
މާލޭގެ އެއްގަމުގައި ޖަހާ ތިލަމާލެ ބްރިޖްގެ ތަނބުގެ މަސައްކަތް ނިމިއްޖެ: ޕްލޭނިންގ މިނިސްޓްރީ

މާލޭގެ އެއްގަމުގައި ޖަހާ ތިލަމާލެ ބްރިޖްގެ ތަނބުގެ މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގް ކޮމިޓީގެ 5 ވަނަ ބައްދަލުވުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައިވަނީ ޕްރޮޖެކްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ޓައިމްލައިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކޮށް، މަޝްވަރާ ކުރައްވާފައެވެ. މި ކޮމިޓީއާއި، ޕްރޮޖެކްޓްގެ ޓީމް މެންބަރުން ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކޮށް، މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެގޮތުން މާލޭގައި އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްތަކާއި މޫދުގައި ޓެސްޓް ތަނބު ޖެހުމަށް ކުރިއަށްދާ މަސައްކަތް ހިނގަމުންދާގޮތްވެސްވަނީ ބައްލަވާލައްވާފައެވެ.

ޕްލޭނިންގ މިނިސްޓްރީއިން މަޢުލޫމާތުދޭ ގޮތުގައި މާލޭގައި، އެއްގަމުގައި ޖަހާ ބްރިޖްގެ ކޮންކްރީޓް ތަނބުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މި މަސައްކަތް ނިމިފައިވަނީ މިދިޔަ ހަފްތާގައިކަމަށާއި މިއީ ޓެސްޓް ޕައިލިންގެ މަސައްކަތަށްފަހު، މި ޕްރޮޖެކްޓްގައި ދާއިމީކޮށް ޖެހި ފުރަތަމަ ތަނބުކަމަށް އެމިނިސްޓްރީއިން ބުނެފައިވެއެވެ.

އަދި މިހާރު ވަނީ މޫދުގައި ޖަހާ ތަންބުތައް ޖެހުމުގެ ކުރިން، ޓެސްޓް ތަނބު ޖެހުމަށްވެސް ތައްޔާރުވެފައެވެ. މިއަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ވަނީ ހަދާފައެވެ. ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. ރަސްމީކޮށް މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރަޙިމް މުޙައްމަދު ޞާލިޙު މިއަހަރުގެ އޮގަސްޓް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.

Tags: ތިލަމާލެ ބްރިޖްޕްލޭނިންގ މިނިސްޓްރީ

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

އޮކްޓޯބަރ 2, 2023
ސައްހަ 3,000 ފޯމު އެބައޮތް، ހުއްދަ ނުދެނީސް އީސީން ނުނިކުންނާނަން: ޑިމޮކްރެޓްސް

ނިޒާމީ ވޯޓުގެ ކަންކަން ޑިމޮކްރެޓްސްއިން ކުރާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ޙަސަން

އޮކްޓޯބަރ 2, 2023
މާލެ ތަރައްޤީ ކުރީ އެހެން ހުރިހާ އަތޮޅުތަކެއްގެ މީހުންގެ ޚަރަދުގައި: އާޒިމާ

ވެރިކަން ބަދަލުވުމާ ދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ: އާޒިމާ

އޮކްޓޯބަރ 2, 2023
ކައުންސިލް އިންތިޚާބު ބާއްވާތާ 01 މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ފާސްކޮށްފި

ނިޒާމީ ވޯޓާމެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އޮކްޓޯބަރ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In