ހަންގަނޑު ކުރަކިވެ އަނަރޫފަ ވެއްޖެ ނަމަ ރީތިކަމާއި ޒުވާންކަމަށް ވެސް އަސަރު ކުރެ އެވެ.
ހަންގަނޑުގެ ކުރަކި ވުމަކީ މީހާ މުސްކުޅި ކޮށްލާ ކަމެއް ކަމަށް ވެސް ގިނަ މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް ދިރިއުޅުން ބައްޓަން ކޮށްފައި ހުންނަ ގޮތަކުން ވެސް ހަންގަނޑަށް ނޭދެވޭ އަސަރު ކުރެ އެވެ.
އާއްމުކޮށް ހަންގަނޑު ކުރަކި ވުމުން އެކި ކަހަލަ ކުރީމްފަދަ ތަކެތި މީހުން އުގުޅައެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. ކޮންމެ ދުވަހަކު ގިނައިން ފެންބުއިމަށްފަހު ވެސް ކެއުމަށް ބައެއް ބަދަލުތަށް ގެނެސްގެން މިކަމަށް ފަރުވާކުރެވިދާނެ އެވެ.
އެގޮތުން ކިއުކަންބާ އަކީ ފާހަގަ ކޮށްލެވޭ ކާނާއެކެވެ. ކިއުކަންބާގައި ފެން އެކުލެވުމުގެ ސަބަބުން ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ މޮއިސްޗްރައިޒްކޮށް ބަހައްޓައި ދެއެވެ.
އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ގިނަ އިރު އުޅޭ ނަމަވެސް ހަންގަނޑު ކުރަކިވާން މެދުވެރި ވެއެވެ. އެގޮތުން އޭސީގައި ގިނަ ވަގުތު ހޭދަ ކުރާ ނަމަ ގިނައިން ފެނާއި ދިޔާ ތަކެތި ބުއިމުން ހަންގަނޑު ކުރަކި ވުމުން ސަލާމަތް ކޮށްދެއެވެ.