ބޮލީވުޑްގެ ބަތަލާ ކްރިތީ ޝަނުން އާއި ޓެލީވުޑްގެ މަޝްޙޫރު ބަތަލް ޕްރަބާސް މެދުގައި ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ކްރިތީ ހާމަކޮށްފިއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ކްރިތީ އާއި ޕްރަބާސްގެ ގުޅުން ފެށިފައިވަނީ އެދެމީހުން އެއްކޮށް ކުޅެފައިވާ ފިލްމު އަދިފްރުޝްގެ ޝޫޓިން އިން ކަމަށެެވެ. މި ފިލްމުގެ ޝޫޓިން ނިމިފައިވި ނަމަވެސް މި ދެމީހުން އަންނަނީ އެކަހެރިކޮށް ދިމާކުރަމުން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިވާހަކަ މީޑިއާގައި ބޮޑަށް ތިލަވެފައި ވަނީ ވަރުން ދަވަން ކްރިތީ ހުރީ ހުސްކޮށް ނޫން ކަމަށް ޖަލަކް ދިކްލާޖާ ޝޯގައި ހާމަކުރުމުންނެވެ. އެއާއި އެކު މި ދެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ އަރާފައެވެ.
ނަމަވެސް އެގުޅުން ދޮގުކޮށް ކްރިތީގެ އިންސްޓަރގްރާމް ގައި ހާމަކޮށްފައިވާ ގޮތުގައި ޖަލަކް ދިކްލާޖާއަށް ގޮސްފައި ވަރުން ޕްރިބާސްއަށް ރައްދުވާގޮތަށް ދެއްކި ވާހަކައަކީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށާއި އޭނާ އާއި ޕްރަބާސްގެ މެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.