ބޮލީވުޑްގެ ބަތަލް ވަރުން ދަވަން އެންމެ ފަހުން ފެނިގެން ދިޔަ ބޭޅިޔާ ފިލްމަށް ފަހުގައި އަނެއްކާވެސް ގިނަ ފުރުސަތު ތަކެއް އޭނާއަށް ލިބެމުންދާ ކަމަށް ހާމަކޮށްފިއެވެ.
އެގޮތުން އެ ފިލްމުގައި ވަރުން ދައްކުވާދީފައިވާ ހުނަރަކީ މީގެ ކުރިން އޭނާ ދައްކުވާދީފައިވާ ހުނަރަށް ވުރެން ތަފާތު ހުނަރެއް ކަމަށާއި އެ ފިލްމަށް ފަހުގައި ގިނަ ޕްރޮޑިއުސަރުންތަކެއް ދަނީ ވަރުން އަށް އެކި ފިލްމުން ފުރުސަތު ދެމުން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ޒީ ސްޓޫޑިއޯސް އާއި ޕްރޮޑިއުސަރު ވިޝާލް ރާނާލް އެކެލޯން ޕްރޮޑަކްޝަން ގުޅިގެން ޑައިރެކްޓަރު އަނީސް ބަޒްމީ އެކުގައި އުފައްދާ އެކްޝަން ކޮމެޑީ ފިލްމަށް ވެސް ވަރުން ވަނީ ސޮއި ކޮށްފާކަމަށް ވަނީ ހާމަކޮށްފައެވެ.
މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށާއި އަންނަ އަހަރަކީ ވެސް ވަރުން އަށް ބިޒީ އަހަރަކަށް ވެގެން ދާނެ ކަމަށް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
ބޭޅިޔާ އަކީ މިއަހަރު ނެރުން ވަރުންގެ ދެވަނަ ފިލްމެވެ. މި ފިލްމަށް ބޮކްސް އޮފޫހުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު މިއަހަރު ކުރީކޮޅުގައި ނެރުން ޖުގް ޖުގް ޖީޔޯ އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.