ހޮލީވުޑްގެ މަޝްހޫރު ރެޕާ ކާންޔޭ އާއި ޓީވީ ތަރި ކިމް ކާޑޭޝަންގެ ގުޅުން ނިމުނު ވާހަކައަކީ މި އަހަރު މީޑިއާގައި ހިޓް ވެފައިވާ ވާހަކައެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅުގައި ވަރިވާން ކިމް މައްސަލަ ޖެއްސި ނަމަވެސް ކާންޔޭ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެކި ފަހަރު މަތިން މައްސަލަ ޖެެއްސުމަށް ފަހުގައި 8 އަހަރުގެ މި ގުޅުން ނިންމާލާފައިވަނީ މިއަހަރު ކާންޔޭ ކިމް ވަރި ކުރަން އެއްބަސް ވުމުންނެވެ.
އެގޮތުން މި ގުޅުމަށް ލިބިފައިވާ 4 ކުދިންގެ ކޮލެޖު، ސުކޫލު އަދި ސެކިއުރިޓީގެ ކަންކަން ދެމީހުން ބަހާލައިގެން ދައްކަން ނިންމާފައިވާއިރު 4 ކުދިން ވެސް ކިމް އާއި އެކުގައި ދިރިއުޅެމުން ގެންދާތީ ކުދިންގެ ހަރަދު ބެލެހެއްޓުމަށް ކޮންމެ މަހަކު ދެ ލައްކަ އެމެރިކާ ޑޮލަރު ކިމްއަށް ކާންޔޭ ދޭންޖެހޭނެ ކަމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ކާންޔޭ އާއި ކިމްގެ ކައިވެނި ނިންމާލުމަށް ފަހުގައި ކިމް އަދި ކާންޔޭ ވެސް ވަނީ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިފައެވެ.