ގުރޫޕަކުން އައިސް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު ޢަލީއަށް ހަމަލާދިން މައްސަލައިގައި އެކަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެރޭ ޝިމާޒަށް ހަމަލާދިނީ އޭނާ ގެއިން ނުކުންނަވަނިކޮށް އައި ގުރޫޕަކުންނެވެ.
ފުލުހުން މިއަދު ބުނީ ޝިމާޒަށް ހަމަލާދިން މައްސަލައިިގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ސ.ފޭދުއަށް ނިސްބަތްވާ މީހެކެވެ.
މި މަހުގެ 23 ގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 10 ދުވަހެވެ.