ދެން ވެސް އެމްޑީޕީގެ ވެރިކަމެއް އުފައްދައިދިނުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ޤައުމާއި ރައްޔިތުންނަށްޓަކައި މުހިންމު ނިންމުމެއް ކަމަށެވެ.
”އަޅުގަނޑުގެ ފުރިހަމަ ތާއީދު ލިބޭނެ.“ ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މި ހާލަތުގައި އެމްޑީޕީ ވެރިކަމެއް އުފައްދައިދިނުމުގެ ފުރުސަތު އެންމެ ބޮޑު އެމްޑީޕީ މެންބަރަކީ ރައީސް ޞާލިޙް ކަމަށާއި ބޭނުމީ ވެރިކަން ކަމަށެވެ.