އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމް އަތުން ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ދަޢުވާ ލިބޭ ފަރާތްތަކުން ވަނީ ޚުލާސާ ބަޔާން އިއްވައިިފައެވެ.
ބަޔާންތައް އިއްވައި ނިމުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގައި އޮންނަ ގޮތުގެ މަތިން ޙުކުމް ކުރައްވާނެ ކަމަށެވެ.
ޙުކުމް ކުރުމުގެ މަޖިލިސް ބޭއްވުމާ ގުޅޭ ގޮތުން ޖިނާޢީ އިޖުރާޢަތުގައި އޮންނަނީ އަޑުއެހުންތައް ނިންމައިލާތާ 30 ދުވަސްތެރޭ ޙުކުމް އިއްވަން ވާނެކަމަށެވެ. އެހެންކަމުން އަންނަ މަހުގެ 30 ގެ ކުރިން ޙުކުމް އިއްވަންޖެހޭނެއެވެ.
އާރަށު މައްސަލައިިގައި ޔާމީނާއި ނަޢީމްގެ މައްޗަށް ދަޢުވާކުރަން ހުށަހެޅީ މިދިޔަ ނޮވެމްބަރު 24 ގައެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 60 ގަޑިއިރުގެ އަޑުއެހުންތައް ވަނީ ބާއްވަައިފައެވެ.
އެހެންވެގެންނޭ މިކިޔަނީ 2023 އިންތިޙާބުގެ ވޯޓު ކަރުދާސްކޮޅުގަ ޔާމިނު ކިޔާމީހެއްގެ ނަމެއް ނޯންނާނެއޭ.. އެހެނެއްނޫން 2018 އެމް،ޑީ،ޕީ އިން ހެދިހެން ކޮންމެވެސް އެހެން ޕީ،ޕީ،އެމް ގެ ބޭފުުޅެއްގެ ނަން އިނަސް އިންނަންޖެހޭނީ.. މި ޙަޤީގަތް ޕީ،ޕީ،އެމް އަށްވެސް ހަމަ ރަނގަޅައް އިނގޭނެ ނޭނގޭ ކަމައް ހަދައިގެން އުޅުނަސް…