ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފަސް ބޭފުޅުން ކަމަށެވެ.
ކުރިމަތިލެއްވި ބޭފުޅުން:
1.ޒީނަތު ޢަލީ / ދަފްތަރު. ނަންބަރު 2616 މާލެ
2.މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ
3.މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ
4.ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
5.ފައްޔާޟު ޝާޠިރު / ހަސަންކާރިގެ، ސ.މީދޫ
ހައިކޯޓު އެކުލެވިގެންވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އެ ކޯޓުން މައްސަލަތައް ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުންނެވެ.